މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ބްރިޖުގެ 4 ލޭން "ކާލި"ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކައަކީ ވޯޓް ހޯދަން އެމްޑީޕީން ދައްކާ ވާހަކައެއްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައިމިވަނީ ބްރިޖުގައި 8 ލޭން އަޅަން އޮއްވާ 4 ލޭން މުއިއްޒު "ކާލި" ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
މާލެއާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖަކީ ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ބްރިޖެކެވެ. ކޮޅަކަށް ދެލޭން އޮންނަ ގޮތަށް އަޅާފައިވާ މި ބްރިޖްގެ އެންމެ އަރިމަތީގެ ދެފަރާތުގައި ހިނގާ މީހުންނަށް ޚާއްޞަ ހަނި ލޭނެއް ހިމެނެއެވެ. ކުރިން ވެސް ވާހަކަ ދައްކަމުން އައީ މި މިލޭނަކީ ކަސްރަތަށް ޚާއްޞަ ލޭނެއްގެ ގޮތުގައެވެ.
ސޯޝަލް މީޑިއާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް، ޑރ. މުޢިއްޒު ބްރިޖުގެ ބައެއް ލޭނުތައް "ކާލާފައި" ވާކަމަށް ބުނެ މަޖިލީހުގައިވެސް ދަނީ ވާހަކަދައްކަވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އޮތް މަޖިލީހުގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުވެސް ބްރިޖުން 3 ލޭން މުޢިއްޒު ކާލާފައި ވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
"އެއޮތީ ހުޅުމާލެ ބްރިޖު އަޅާފައި. 3 ލައިނު ކާލާފައި އެއޮތީ. 3 ލައިނު. ކޮބާ އެ ލާރި. 3 ލައިނު ކާލާފައި އައިސް މިވާހަކަދައްކަނީ." ހަސަން ވިދާޅުވިއެވެ.
ބްރިޖުން ލޭނުތަކެއް ކާލާފައި ވާކަމަށް އެމްޑީޕީން ތުހުމަތުކުރިޔަަސް، އިދިކޮޅު ޕީޕީއެމް އަދި ޑރ. މުއިއްޒުވެސް މިވާހަކަތައް ދޮގުކުރައްވައެވެ.
ބްރިޖުން ލޭނުތަކެއް މަދުކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، މަޖިލީހުގައި އިންނަވާ މިނިވަން މެމްބަރު، ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމް ވަނީ، ވެރިކަން ލިބި، މަޖިލިސް ލިބި، ހުރިހާ ބާރެއް ލިބުމުންވެސް އެމްޑީޕީން ބްރިޖުގެ ލޭނުތަކެއް ކާލިކަމަށް ބުނާ މައްސަލަ ތަހުގީގު ނުކުރަނީ ކީއްވެތޯ ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ. އަދި އެކަން ނުބަލަނީ އެކަމުގެ ހަގީގަތެއް ނެތުމުންކަމަށާއި، އެއީ ވޯޓު ހޯދަން އެމްޑީޕީން ދައްކާ ވާހަކައެއްކަމަށް އުޝާމް ވިދާޅުވިއެވެ.
ބްރިޖުގެ އިތުރުން ކުރީ ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތަކާއި ގުޅޭގޮތުން ކޮރަޕްޝަންގެ އެކި ވާހަކަތައް އެމްޑީޕީން ދެއްކިނަމަވެސް، މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއް ބަލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަނީ ރައީސް ޔާމީން ފެއްޓެވި މަޝްރޫއުތައް އަދި ނިންމެވި މަޝްރޫއުތަކުގެ ކްރެޑިޓް ބަހަމުންދާ މަންޒަރު ކަމަށް އިދިކޮޅުން ބުނެއެވެ. މިގޮތުން ހިޔާ ފްލެޓަކީވެސް ރައީސް ސާލިހުގެ ސަރުކާރުން ނިންމި މަޝްރޫއެއްކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު ދަނީ ބުނަމުންނެވެ. ހިޔާ މަޝްރޫއުގެ ކްރެޑިޓް މިސަރުކާރުން ނަގަން މަސައްކަތްކުރާއިރު، މިސަރުކާރުން ކުރިން ބުނަމުންދިޔައީ ހިޔާ ފްލެޓްތަކަކީ އިންސާނުން އުޅެން ހެޔޮނުވާ، ކޮތަރުކޮށިތަކެއްކަމަށެވެ.

Bridge ga 8 lane alhan ovvaa 4 lane alhaafa nimmaali meehaa MaleCity Mayor kamah kurimathi laigen.
— Aisthu 🎈 (@aisthu) March 6, 2021
Gelluvaali 4 lane ge laari kobaa amilla ge tha mahchah eree?
Ahaathi geyah vote hoadhan dhiyaima
ސޯޝަލް މީޑިއާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް، ޑރ. މުޢިއްޒު ބްރިޖުގެ ބައެއް ލޭނުތައް "ކާލާފައި" ވާކަމަށް ބުނެ މަޖިލީހުގައިވެސް ދަނީ ވާހަކަދައްކަވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އޮތް މަޖިލީހުގެ ޖަލްސާއެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުވެސް ބްރިޖުން 3 ލޭން މުޢިއްޒު ކާލާފައި ވާކަމަށް ތުހުމަތުކޮށްފައިވެއެވެ.
"އެއޮތީ ހުޅުމާލެ ބްރިޖު އަޅާފައި. 3 ލައިނު ކާލާފައި އެއޮތީ. 3 ލައިނު. ކޮބާ އެ ލާރި. 3 ލައިނު ކާލާފައި އައިސް މިވާހަކަދައްކަނީ." ހަސަން ވިދާޅުވިއެވެ.
ބްރިޖުން ލޭނުތަކެއް ކާލާފައި ވާކަމަށް އެމްޑީޕީން ތުހުމަތުކުރިޔަަސް، އިދިކޮޅު ޕީޕީއެމް އަދި ޑރ. މުއިއްޒުވެސް މިވާހަކަތައް ދޮގުކުރައްވައެވެ.
Kandaelhigen buhuthaanu dhogu thihen hahdhavaairu Allah ah biruvethi velavvan naseyhaitherivan
— Dr Mohamed Muizzu (@MMuizzu) March 6, 2021
ބްރިޖުން ލޭނުތަކެއް މަދުކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، މަޖިލީހުގައި އިންނަވާ މިނިވަން މެމްބަރު، ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމް ވަނީ، ވެރިކަން ލިބި، މަޖިލިސް ލިބި، ހުރިހާ ބާރެއް ލިބުމުންވެސް އެމްޑީޕީން ބްރިޖުގެ ލޭނުތަކެއް ކާލިކަމަށް ބުނާ މައްސަލަ ތަހުގީގު ނުކުރަނީ ކީއްވެތޯ ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ. އަދި އެކަން ނުބަލަނީ އެކަމުގެ ހަގީގަތެއް ނެތުމުންކަމަށާއި، އެއީ ވޯޓު ހޯދަން އެމްޑީޕީން ދައްކާ ވާހަކައެއްކަމަށް އުޝާމް ވިދާޅުވިއެވެ.
4 lane gelluvaalaigen laari kaali kamah dhakkaa vaahaka akee MDP in dhakkaa vaahaka eh. Verikan libijje. Majlis libijje. Adhives 4 lane kaali kamah bunaa massala nubeligen ulhenee kyvve baa? Eii ekamuga ehves hageegatheh netheema. Eii vote hoadhan dhekki dhogu vaahaka eh veema. https://t.co/V0gnTo8Q5e
— Ahmed Usham (@a_usham) March 6, 2021
ބްރިޖުގެ އިތުރުން ކުރީ ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތަކާއި ގުޅޭގޮތުން ކޮރަޕްޝަންގެ އެކި ވާހަކަތައް އެމްޑީޕީން ދެއްކިނަމަވެސް، މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއް ބަލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަނީ ރައީސް ޔާމީން ފެއްޓެވި މަޝްރޫއުތައް އަދި ނިންމެވި މަޝްރޫއުތަކުގެ ކްރެޑިޓް ބަހަމުންދާ މަންޒަރު ކަމަށް އިދިކޮޅުން ބުނެއެވެ. މިގޮތުން ހިޔާ ފްލެޓަކީވެސް ރައީސް ސާލިހުގެ ސަރުކާރުން ނިންމި މަޝްރޫއެއްކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު ދަނީ ބުނަމުންނެވެ. ހިޔާ މަޝްރޫއުގެ ކްރެޑިޓް މިސަރުކާރުން ނަގަން މަސައްކަތްކުރާއިރު، މިސަރުކާރުން ކުރިން ބުނަމުންދިޔައީ ހިޔާ ފްލެޓްތަކަކީ އިންސާނުން އުޅެން ހެޔޮނުވާ، ކޮތަރުކޮށިތަކެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު