ޅ. މުލީ ބޮއި ކައިރިން މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ސިއްހީ ފަރުވާއަށް ނައިފަރަށް ގެންގޮސްފި އެވެ.
އުމުރުން 35 އަހަރުގެ މި ޒުވާން މަސްވެރިޔާ ފަރުވާއަށް ނައިފަރަށް ގެންދެވުނީ މިއަދު ހެނދުނު 9:14 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މުލީ ބޮއި ކައިރީގައި މަސްވެރި ކަމުގައި އުޅުނު "ރުއްކުރި" ދޯނީގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްހީ އަވަސް ފަރުވާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ހެނދުނު 7:30 ގައި އެމްއެންޑީއެފްގައި އެދުނު ކަމަށެވެ. އަދި މިހާރު އެމީހާ ނައިފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަސްވެރިންނަށާއި މަސްދޯނިފަހަރަށް ކަނޑުމަތިން ދިމާވާ މިފަދަ ހާދިސާ ތަކުގައި އެހީތެރިވެ ދިނުމުގައި އެމްއެންޑީއެފުން ވަރަށް އިސްކަމެއް ދީގެން ހަރަކާތްތެރިވަމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ. ޚާއްޞަކޮށް މަސްވެރިންނަށް ދިމާވާ މިފަދަ ޞިއްހީ ކުއްލި ހާދިސާ ތަކުގައި ވަރަށް އަވަހަށް ހަރަކާތްތެރިވެ ޚިދުމަތް ފޯރުކޮށްދެމުންދާކަން މަސްވެރިން ވެސް ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު