ފައިލް ފޮޓޯ
ފައިލް ފޮޓޯ
އެންދަމަން އުޅުނު ދޯންޏެއްގައި ނުރައްކާތެރި މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެންދަމަށް އޮތް ދޯންޏެއްގައި 2 ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށެވެ. އަދި މިމައްސަލަ ހުށައަޅާފައިވަނީ ރޭ ފަތިހު 3:50 ހާއިރުކަމަށާއި، މާރާމާރީގައި ޒަހަމްވި މީހާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި މަސްވެރިކަމުގައި، މަސްދޯނިފަހަރުގައި ބިދޭސީން ގެންގުޅުމަކީ މީގެކުރިން ނުފެންނަ މަންޒަރެއް ނަމަވެސް މިހާރު މިއީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ދިވެހީން ލިބޭ ވަޒީފާތަކާއި މަސައްކަތް ތަކުގައި ބިދޭސީން ގެންގުޅުމަށް ހުއްދަ ނުދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން އެފަދަ މަސައްކަތްތައް ގަވާޢިދާ ޚިލާފަށް ކުރަމުން ގެންދާ ފަރާތްތައް އަނބުރާ ފޮނުވާލަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ދާދިފަހުން ވަނީ ބުނެފައެވެ. މިއުސޫލުގެ ދަށުން ދިވެހި ފަންނާނުންނަށް ޚާއްޞަ ބައެއް މަސައްކަތްތައް ގަވާޢިދާ ޚިލާފަށް ކުރަމުން އައި 60 ބިދޭސީއަކު އަނބުރާ ފޮނުވާލަން އަންގާފައިވާ ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން