އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   7 މާރިޗު 2021 - 15:51
މާލޭގެ ބާޒާރު މަތި. (ފޮޓޯ: ރަސް އޮންލައިން)
މާލޭގެ ބާޒާރު މަތި. (ފޮޓޯ: ރަސް އޮންލައިން)
މާލޭ ބާޒާރު މަތީގެ ގިނަ އަދަދެއްގެ ފިހާރަތަކެއް ރޭ ފަޅާލައިގެން ވައްކަން ކޮށްފި އެވެ.

މައުލޫމާތު ލިބޭގޮތުގައި ފަޅާލާފައިވަނީ އެސަރަހައްދުގެ ފަސް ފިހާރައެކެވެ.

ފުލުހުން ބުނީ ބާޒާރުމަތީގެ ގިނަ ފިހާރަތަކެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:30ގައި ލިބިފައިވާ ކަމަށެވެ.

ބާޒާރުގެ ފިހާރަތަކެއް ފަޅާލާފައިވަނީ ފުރާޅުން ޓިނު ނަގައިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާ އެއް ނުވަތަ މުދަލެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެސަރަހައްދުގައި މިހާރު ފުލުހުންދަނީ ހަރަކާތްތެރި ވަމުންނެވެ. ގިނަ ފިހާރަތަކުގެ ވެރީންނަށް މިކަން އެނގުނީ މިއަދު ހެނދުނު ފިހާރަ ހުޅުވާން ވެގެން ދިޔައިރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން