މިސްކިތަކަށް ވަދެ ޓޭޕް ދަމާ މީހުންގެ ބަދަލުގައި މިސްކިތަށް ވަދެ ނަމާދުކުރާ މީހުންނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓް ދިނުމަށް ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓު ދޭ ކެންޑިޑޭޓުންނަކީ ބަރާބަރަށް ނަމާދު ގާއިމްކުރާ ފަރާތްތަކެއްތޯ ޔަގީންކުރައްވަން ޖެހޭކަމަށެވެ. އެއީ ﷲއަށް އަދާކުރަންޖެހޭ ހައްގުތައް އަދާނުކުރާ މީހަކު މީސްތަކުންގެ ހައްގުތަކެއް ވެސް އާދަނުކުރާނެތީކަމަށް އިޔާޒު ވިދާޅުވިއެވެ. އަދި އެމީހުން މިސްކިތަށް ވަންނަނީ ޓޭޕް ދަމަންކަމަށްވެސް އިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިސްކިތަށް ޓޭޕް ދަމަށް ވަންނަ މީހުން ކަމުގައި އިޔާޒު އެ ސިފަ ކުރަށްވަނީ ނަމާދުގެ ޖަމާއަތުގައި ގައިދުރު ކުރުމަށް މިސްކިތުގައި ފާހަގަ ޖެހުމަށް އިޝާރާތް ކުރަށްވާ ކަމަށް ބެލެވެއެވެ. ކޮވިޑް ފެތުރޭތީ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ ޖަމާއަތުގައި ގައިދުރު ކުރުމަށް އަންގާފައެވެ. މިކަމާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވައި ވާހަކަ ދައްކަވާ އެއް ބޭފުޅަކީ އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. އިޔާޒެވެ. އިޔާޒު ވިދާޅުވަނީ މަގުމަތީގައާއި ބާޒާރު މަތީގައާއި ސައި ހޮޓާ ކެފޭ ރެސްޓޯރެންޓް ތަކުގައި ރައްޔިތުން އާދައިގެ މަތިން އުޅުމަށް ހުއްދަ ކޮށްފައި ނަމާދުގެ ޖަމާއަތުގައި އެކަނި ގައިދުރު ކުރުމުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ބުނާ ބުނުމަކީ އެއްވެސް އަސްލެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ނޫން ކަމަށެވެ.



ގައިދުރުކޮށް ނަމާދު ކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމާއި ދެކޮޅަށް ޑރ. އިޔާޒު ދައްކަވާ ވާހަކަތަކަކާއި ގުޅިގެން އޭނާ މަސައްކަތްކުރައްވާ ގައުމީ ޔުނިވާސިޓީން ވެސް ވަނީ ސަސްޕެންޑް ކޮށްފައިވާ ކޮށްފައެވެ. އެމްއެންޔޫއިން ބުނަނީ ޑރ. އިޔާޒު ސަސްޕެންޑް ކުރީ މީސް މީޑިއާގައި އިޔާޒު ދައްކަވާ ފައިވާ ވާހަކަތަކާއި ގުޅޭ ތަހުގީގެއް ކުރާތީ ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. އިޔާޒު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބައެއް ޢިލްމްވެރިން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ނުދަންނަަ

13-Mar-2021

ޑޮކްޓަރ އިޔާޒުއަށް ވަރަށް އިޙުތިރާމާއެކު ދަންނަވާލަން އޮތީ، މި ޤައުމުގަ ޙައްޤު ބަސް ބުނުމުގަ ދެމިހުރުމަކީ ކުރެވޭ ވަރަށްބޮޑު ޖިހާދެއްކަމަށް ދެކެން،މަނިކުފާނު ތިކުރައްވާ މަަސައްކަތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނަޞްރު ދެއްވާނެކަން ކަަަަަަަަށަަަަަވަަރުު.ފަސްއެނބުރިނުބައްލަވާ ކުރިޔަށް ވަޑާގަންނަވާ.


-3

ނުދަންނަަ

13-Mar-2021

ޑޮކްޓަރ އިޔާޒުއަށް ވަރަށް އިޙުތިރާމާއެކު ދަންނަވާލަން އޮތީ، މި ޤައުމުގަ ޙައްޤު ބަސް ބުނުމުގަ ދެމިހުރުމަކީ ކުރެވޭ ވަރަށްބޮޑު ޖިހާދެއްކަމަށް ދެކެން،މަނިކުފާނު ތިކުރައްވާ މަަސައްކަތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނަޞްރު ދެއްވާނެކަން ކަަަަަަަަށަަަަަވަަރުު.ފަސްއެނބުރިނުބައްލަވާ ކުރިޔަށް ވަޑާގަންނަވާ.


3

އަޙުމަދު ސަޢީދު

13-Mar-2021

ވަރަށް ރަނގަޅު ވާހަކަފުޅެއް އަޅުގަނޑު ވަރަށްތާއީދު



ޓްރެންޑިން