ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި އޮތް އިހުތިޖާޖު (ފޮޓޯ- ޝާހް، ރަސްއޮންލައިން)
ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި އޮތް އިހުތިޖާޖު (ފޮޓޯ- ޝާހް، ރަސްއޮންލައިން)
ޑްރައިވިނގް ލައިސެންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޯޓު އޮތޯރިޓީ ތެރޭގައި ބަޔަކު އިހުތިޖާޖު ކޮށްފިއެވެ.

އަލަށް ލައިސެންސް ދޫކުރުމުގެ ކަންކަން ވަގުތީ ގޮތުން ހުއްޓާލާފައި އޮންނަތާ ދުވަސްތަކެއް ވެފައިވާތީ އެކަމާ ނުރުހުން ފާޅުކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ރިސެޕްޝަން ސަރަހައްދުގައި މުޒާހަރާ ކުރިމީހުން ވަނީ ލައިސެންސް ދޫކުރުން ހުއްޓާ ނުލުމަށް ގޮވާލާފައެވެ. އަދި މި އިހުތިޖާޖުގައި އެމީހުން އެފަދަ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ގެންގުޅުނެވެ.

ލައިސަންސް ދޫކުރުން މެދުކަނޑާލުމާ ގުޅިގެން ކަނބޮޑުވުން ފާޅުކޮށް އިހްތިޖާޖު ކުރަމުންދިޔަ މީހުނާއި ޓަރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ވަނީ ބައްދަލުކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން އެމީހުންނާ ބައްދަލުކޮށް އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ލައިސަންސް ދޫކުރަން ހުއްދަ ދޭނެ ކަމަށް ބުނެފައި ވެއެވެ.



އިހްތިޖާޖު ކުރަމުންދިޔަ މީހުނާއި ޓަރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ބައްދަލުކުރަނީ. (ފޮޓޯ- ޝާހް، ރަސްއޮންލައިން)

މިމައްސަލައިގައި "ރަސް އޮންލައިން" އާއި ވާހަކަ ދެއްކި ޓްރާންސްޕޯޓު މިނިސްޓްރީގެ މީޑިއާ އޮފިޝަލް، ޖަޒްލާން މުހައްމަދު ވިދާޅުވީ މިއަދު އެތަނުގައި އިހުތިޖާޖުކޮށް ޝުޢޫރު ފާޅުކުރީ ޑްރައިވިން ސްކޫލްތަކުގެ އިސްވެރިން ކަމަށެވެ. އެމީހުން އެތަނަށް އައީ މިނިސްޓްރީއިން ޑްރައިވިންގ ހުއްޓާލާފައި އޮތުމާއެކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވުމަށް ކަމަށެވެ.

"އެބޭފުޅުން ވަނީ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފަ. މިބައްދަލުވުމުގައި އެއް ހަފްތާގެ މުއްދަތެއްގެ ތެރޭގައި، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް މިކަން ކުރިއަށްގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް މިނިސްޓްރީގެ އިސްވެރިން ވަނީ ޑްރައިވިން ސްކޫލްތަކުގެ އިސްވެރިންނަށް އަންގައިފަ." ޖަޒްލާން މުހައްމަދު ވިދާޅުވިއެވެ.

މިނިސްޓްރީއިން ޑްރައިވިންގ ހުއްޓާލައިފައިވަނީ ކޮވިޑް ކޭސްތައް ގިނަވުމާއި ގުޅިގެން ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއްވާފައިވެއެވެ.

ނަމަވެސް އެމީހުން ފަހުން ވަނީ ރައްޔިތުންގެ މަޖިލިސް އިދާރާ ދޮށަށް ގޮސް އެތަނުގައި ވެސް އިހްތިޖާޖް ކޮށްފައެވެ.



ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި އިހުތިޖާޖު ކުރަމުންދިޔަ ފަރާތްތައް މަޖިލީހުގެ އިދާރާ ދޮށުގައި. (ފޮޓޯ- ޝާހް، ރަސްއޮންލައިން)

އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބައްދަލުކުރަށްވައި އެމައްސަލަ ހައްލުކޮށްދޭނެ ކަަމަށް ވިދާޅުވެފައެވެ.



އިހުތިޖާޖު ކުރަމުންދިޔަ ފަރާތްތަކާއި މަޖިލީހުގެ ރައީސް ބައްދަލުކުރަށްވަނީ. (ފޮޓޯ- ޝާހް، ރަސްއޮންލައިން)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން