ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި އޮތް އިހުތިޖާޖު (ފޮޓޯ- ޝާހް، ރަސްއޮންލައިން)
ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި އޮތް އިހުތިޖާޖު (ފޮޓޯ- ޝާހް، ރަސްއޮންލައިން)
ވުޒާރާތަކަށްވަދެ އިހުތިޖާޖުކުރުމަށް ރައްޔިތުންނަށް މަޖުބޫރުވެއްޖެކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑްރައިވިންގ ލައިސަންސް ދޫކުރުން ހުއްޓާލާފައިވާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި މިއަދު ކުރި އިހުތިޖާޖާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފިކަމަށެވެ. އަދި ކޯވިޑްގެ ނަމުގައި ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ލައިސަންސް ނެތިގެން ޒުވާނުން ޖޫރިމަނާކުރަމުންދާއިރު، ޒުވާނުންނަށް ލައިސަންސް ނެގޭނެ ގޮތެއް ނެތްކަަމަށެވެ. އެހެންކަމުން ވުޒާރާތަކަށް ވަދެ އިހްތިޖާޖް ކުރަން ރައްޔިތުންނަށް މަޖުބޫރުވެއްޖެކަމަށް ޝިޔާމް ވިދާޅުވިއެވެ.



ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ ކޯވިޑާއި ގުޅިގެން ކަމަށް ބުނެ ލައިސަންސް ދޫކުރުން ޓްރާންސްޕޯޓް އޮތޯރިޓީން ހުއްޓާލާފައިވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި މިނިސްޓްރީން ވަނި އެފަރާތްތަކާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހައްލުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

މިމައްސަލައިގައި "ރަސް އޮންލައިން" އާއި ވާހަކަ ދައްކަމުން އެމިނިސްޓްރީން ވިދާޅުވީ ޑްރައިވިންގ ލައިސަންސް ދޫކުރުން މަޑު ޖައްސައިލީ ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލު ތަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ލައިސަންސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓްރީ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފަރާ

13-Mar-2021

ލައިސަންސް ނުލިބެންޏާ ޖޫރިމަނާ ނުކުރަން ހަމަ ހަމައަށް ކަންތަށް ކުރަންވެސް އިބްރާހިމް ނަސީރު އެބަޖެހޭ މި ސަރުކާރަށް ދަސްކޮއްދޭން.



ޓްރެންޑިން