ޢިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފުޅާވުމުގެ ފުރުޞަތު ބޮޑުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، ގައުމީ ޔުނިވަރސިޓީން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ސަސްޕެންޑްކުރުމާއި ގުޅިގެނެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކިތަންމެ ޚިޔާލުތަފާތުވިޔަސް ޑރ. އިޔާޒަކީ އިސްލާމްދީނުގެ ޢިލްމު ފަތުރަން ބުރަކޮށް މަސައްކަތްކުރައްވާ ޢިލްމުވެރިއެއްކަމަށެވެ. އަދި ޔުނިވަރސިޓީން އެޅި ފިޔަވަޅަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއްކަމަށާއި ޢިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުޞަތު ބޮޑުކަމަށް ޖަމީލު ވިދާޅުވިއެވެ.
ގައުމީ ޔުނިވަރސިޓީން ޑރ. އިޔާޒު ސަސްޕެންޑް ކުރީ ގައިދުރުކޮށް ނަމާދު ކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމާއި ދެކޮޅަށް ޑރ. އިޔާޒު ޚިޔާލުފާޅު ކުރަށްވަމުން ގެންދަވަނިކޮށެވެ.
އެމްއެންޔޫއިން ބުނަނީ ޑރ. އިޔާޒު ސަސްޕެންޑް ކުރީ މީސް މީޑިއާގައި އިޔާޒު ދައްކަވާ ފައިވާ ވާހަކަތަކާއި ގުޅޭ ތަހުގީގެއް ކުރާތީ ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. އިޔާޒު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބައެއް ޢިލްމްވެރިން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

ކިތަންމެ ޚިޔާލުތަފާތުވިޔަސް ޑރ. @dr_iyaz އަކީ އިސްލާމްދީނުގެ ޢިލްމު ފަތުރަން ބުރަކޮށް މަސައްކަތްކުރައްވާ ޢިލްމުވެރިއެއް. @MNUedu ގެ ފިޔަވަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއް. ޢިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުޞަތު ބޮޑު. pic.twitter.com/lRrlGR634S
— Mohamed Jameel Ahmed (@MJameelAhmed) March 7, 2021
ގައުމީ ޔުނިވަރސިޓީން ޑރ. އިޔާޒު ސަސްޕެންޑް ކުރީ ގައިދުރުކޮށް ނަމާދު ކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމާއި ދެކޮޅަށް ޑރ. އިޔާޒު ޚިޔާލުފާޅު ކުރަށްވަމުން ގެންދަވަނިކޮށެވެ.
އެމްއެންޔޫއިން ބުނަނީ ޑރ. އިޔާޒު ސަސްޕެންޑް ކުރީ މީސް މީޑިއާގައި އިޔާޒު ދައްކަވާ ފައިވާ ވާހަކަތަކާއި ގުޅޭ ތަހުގީގެއް ކުރާތީ ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. އިޔާޒު ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބައެއް ޢިލްމްވެރިން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު