މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ޔުނިސެފުން ބުނެފިއެވެ.
މިކަމާ ބެހޭގޮތުން ޔުނިސެފުގެ ދެކުނު އޭޝިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުން ކޮށްފައިވާ ޓްވީޓެއްގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް މިސަރަހައްދުގެ ބައެއް ގައުމުތަކަށް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެއެވެ. މިގޮތުން ދެކުނު އޭޝިޔާގެ ސަރަހައްދުން އެންމެ ފުރަތަމަ ވެކްސިން ލިބޭނެ ގައުމު ތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރާއްޖެ، ސްރީލަންކާ، ނޭޕާލް އަދި އަފްޣާނިސްތާނެވެ.
މީގެއިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ދިނުމަށް ބޭނުންވާ 100،000 ސިރިންޖާއި، ވެކްސިން ރައްކާކުރުމަށް ބޭނުންވާނޭ 1000 ސޭފްޓީ ބޮކްސް، ރާއްޖެއަށް މިދިޔަ މަހު ލިބިފައިވެއެވެ.
ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ އަކީ، ފަގީރު ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމުގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިފަދަ ގައުމުތަަކުގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ބޭނުންވާވަރަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.
ކޯވެކްސް ފެސިލިޓީގައި ރެޖިސްޓަރވެފައިވާ މިފަދަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި، ވެކްސިން އުފައްދާ ކުންފުނިތަކުންނެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ދެގަައުމަކީ، ގާނާ އަދި އައިވަރީކޯސްޓްއެވެ.
މި ފެސިލިޓީގެ ދަށުން ރާއްޖެއަށް ފޯރުކޮށްދެނީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމެއް ޔުނިސެފަކުން ބުނެފައެއް ނުވެއެވެ. އަދި ދިވެހި ސަރަކާރަކުން ވެސް މިކަމާބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Today and tomorrow the first #COVID19 vaccines from the COVAX Facility will touchdown in Maldives, Nepal, Sri Lanka and Afghanistan 🛬
— UNICEF South Asia (@UNICEFROSA) March 7, 2021
We’ll deliver millions more in South Asia this year with @CEPIvaccines @WHO @GAVI — to help countries vaccinate 20% of their populations. pic.twitter.com/mZzr0hWOzH
މީގެއިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވެކްސިން ދިނުމަށް ބޭނުންވާ 100،000 ސިރިންޖާއި، ވެކްސިން ރައްކާކުރުމަށް ބޭނުންވާނޭ 1000 ސޭފްޓީ ބޮކްސް، ރާއްޖެއަށް މިދިޔަ މަހު ލިބިފައިވެއެވެ.
ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ އަކީ، ފަގީރު ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމުގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިފަދަ ގައުމުތަަކުގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ބޭނުންވާވަރަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.
ކޯވެކްސް ފެސިލިޓީގައި ރެޖިސްޓަރވެފައިވާ މިފަދަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި، ވެކްސިން އުފައްދާ ކުންފުނިތަކުންނެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ދެގަައުމަކީ، ގާނާ އަދި އައިވަރީކޯސްޓްއެވެ.
މި ފެސިލިޓީގެ ދަށުން ރާއްޖެއަށް ފޯރުކޮށްދެނީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމެއް ޔުނިސެފަކުން ބުނެފައެއް ނުވެއެވެ. އަދި ދިވެހި ސަރަކާރަކުން ވެސް މިކަމާބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު