ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ކޮވިޑު-19 ވެކްސިނުގެ 12،000 ޑޯޒު ލިބިއްޖެއެވެ.
މިއަދު މިލިބުނު ކޮވިޑު-19 ވެކްސިނުގެ 12،000 ޑޯޒަކީ، ކޯވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް ލިބޭ ވެކްސިނުގެ ފުރަތަމަ ޝިޕްމެންޓްކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޔުނިސެފުގެ ޓީމުން ބުނެފައިވެއެވެ. ރާއްޖެއަށް މިއަދު ލިބިފައިމިވަނީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑު ވެކްސިނެވެ.
އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާ ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަރސިޓީ އަދި އެސްޓްރާޒެނެކާ އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.
ރާއްޖޭގެއިތުރުން، ދެކުނު އޭޝިޔާގެ ސަރަހައްދުން އެންމެ ފުރަތަމަ ވެކްސިން ލިބޭނެ ގައުމު ތަކުގެ ތެރޭގައި ހިމެނެނީ ސްރީލަންކާ، ނޭޕާލް އަދި އަފްޣާނިސްތާނެވެ. މިގައުމުތަކަށް ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ވެކްސިނުގެ ފުރަތަމަ ޝިޕްމެންޓް ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުގެ ދެކުނު އޭޝިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުން މީގެ ކުރިން ބުނެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ސްރީލަންކާއަށްވެސް މިއަދު ވަނީ ވެކްސިން ލިބިފައެވެ. ސްރީލަންކާއަށް ލިބިފައިވަނީ ކޮވިޑް-19 ވެކްސިނުގެ 264،000 ޑޯޒެވެ.
ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ އަކީ، ފަގީރު ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމުގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިފަދަ ގައުމުތަަކުގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ބޭނުންވާވަރަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.
ކޯވެކްސް ފެސިލިޓީގައި ރެޖިސްޓަރވެފައިވާ މިފަދަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި، ވެކްސިން އުފައްދާ ކުންފުނިތަކުންނެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ދެގަައުމަކީ، ގާނާ އަދި އައިވަރީކޯސްޓްއެވެ.

They have landed!
— UNICEF Maldives (@UNICEFMaldives) March 7, 2021
Maldives have received the 1st 12,000 doses of the Oxford-AstraZeneca vaccine manufactured by SII, marking the 1st vaccine delivery to the Maldives by the COVAX facility. Thank you donors for this historic effort 🇲🇻👏🏽@CEPIvaccines @gavi @WHOMaldives @UNICEF pic.twitter.com/GUBJuzeLiG
ރާއްޖޭގެއިތުރުން، ދެކުނު އޭޝިޔާގެ ސަރަހައްދުން އެންމެ ފުރަތަމަ ވެކްސިން ލިބޭނެ ގައުމު ތަކުގެ ތެރޭގައި ހިމެނެނީ ސްރީލަންކާ، ނޭޕާލް އަދި އަފްޣާނިސްތާނެވެ. މިގައުމުތަކަށް ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ވެކްސިނުގެ ފުރަތަމަ ޝިޕްމެންޓް ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުގެ ދެކުނު އޭޝިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުން މީގެ ކުރިން ބުނެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ސްރީލަންކާއަށްވެސް މިއަދު ވަނީ ވެކްސިން ލިބިފައެވެ. ސްރީލަންކާއަށް ލިބިފައިވަނީ ކޮވިޑް-19 ވެކްސިނުގެ 264،000 ޑޯޒެވެ.
ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ އަކީ، ފަގީރު ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމުގައި ކުރިމަތިވެދާނޭ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ފެސިލިޓީއެކެވެ. ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް، މިފަދަ ގައުމުތަަކުގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ބޭނުންވާވަރަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.
ކޯވެކްސް ފެސިލިޓީގައި ރެޖިސްޓަރވެފައިވާ މިފަދަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނާއި، ވެކްސިން އުފައްދާ ކުންފުނިތަކުންނެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން ހިލޭ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ދެގަައުމަކީ، ގާނާ އަދި އައިވަރީކޯސްޓްއެވެ.
ކިޔުންތެރިންގެ ހިޔާލު