ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މިނިވަން ޤާބިލު ކެންޑިޑޭޓުން އިހްތިޔާރުކުރަންޖެހޭކަމަށް ކުރީގެ ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ފަހަކަށް އައި ސިޔާސީ ވަރަށް ގިނަ ކަންކަމުގައި ފާޑުވިދާޅުވަމުން ގެންދަވާ ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީ ތެރޭގެ ކޯޅުމުން ސަލާމަތްވެގެން ނޫނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައެއް ނުދެވޭނެކަމަށެވެ. އަދި ވަކި ކުލައަކަށް ނިސްބަތްވާ، ޤަބަލީ ލީޑަރުންތަކެއްގެ ނުފޫޒުގައި ސިޔާސީ މަސައްކަތްކުރާ ބަޔަކަށް ވޯޓު ދިނުމުގެ ބަދަލުގައި މިނިވަން ޤާބިލު ކެންޑިޑޭޓުން އިޚްތިޔާރުކުރަންޖެހޭކަމަށް ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ފާހަގަ ކުރަށްވާފައިވާ ޕާޓީގެ އެތެރޭގެ ކޯޅުމުގެ ވާހަކަ އަކީ ކަނޑައެޅިގެން ކޮން ޕާޓީއަކަށް ނިސްބަތް ކުރަށްވައި ވިދާޅުވި ވާހަކައެއްކަން ހާމަ ކުރަށްވާފައި ނުވި ނަމަވެސް އެމްޑީޕީގެ އެތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންނާމެދު ހިތްހަމަ ނުޖެހުންތަކެއް އުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ސަރުކާރުގެ ބައެއް ވަޒީރުންނާއިމެދު އެމްޑީޕީގެ އިސް ވެރިންނާއި މަޖިލިސް މެންބަރުން ހިތްހަމަ ނުޖެހިގެން މަގާމުން ވަކިކުރުމާއި އިންޒާރު ދިނުން ފަދަ ކަންކަން މިފަހަކަށް އައި ފެންމަތިވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިނިވަން ޤާބިލު ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ހައިލަމް ގޮވާލައްވާފައިވާއިރު، މިއީ މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހައިލަމާއި ގާތް ގުޅުމެއް އޮންނަ އަލްހާން ފަހުމީއަށް ވޯޓް ހޯއްދެވުމަށް ނުސީދާކޮށް ހައިލަމް ގޮވާލެއްވި ގޮވާލުމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަހަރަކަށް ވުރެ ފަސް ވެގެން ގޮސްފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު މިހާރު ބާއްވަން ތާވަލު ކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ކޮވިޑްގެ ސަބަބުން އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަސް ކޮށްފައިވާ މި އިންތިޚާބު މިފަހަރު ބާއްވަން ޖެހެނީ އެޗްޕީއޭގެ ޚާއްޞަ އުސޫލުތަކާއި އެއްގޮތަށެވެ.

ޕާޓީ ތެރޭގެ ކޯޅުމުން ސަލާމަތްވެގެން ނޫނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައެއް ނުދެވޭނެ.
— Ahmed Hailam (@AhmedHailam) March 7, 2021
ވަކި ކުލައަކަށް ނިސްބަތްވާ، ޤަބަލީ ލީޑަރުންތަކެއްގެ ނުފޫޒުގައި ސިޔާސީ މަސައްކަތްކުރާ ބަޔަކަށް ވޯޓު ދިނުމުގެ ބަދަލުގައި މިނިވަން ޤާބިލު ކެންޑިޑޭޓުން އިޚްތިޔާރުކުރަންޖެހޭ.
މިނިވަން ޤާބިލު ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ހައިލަމް ގޮވާލައްވާފައިވާއިރު، މިއީ މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހައިލަމާއި ގާތް ގުޅުމެއް އޮންނަ އަލްހާން ފަހުމީއަށް ވޯޓް ހޯއްދެވުމަށް ނުސީދާކޮށް ހައިލަމް ގޮވާލެއްވި ގޮވާލުމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަހަރަކަށް ވުރެ ފަސް ވެގެން ގޮސްފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު މިހާރު ބާއްވަން ތާވަލު ކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ކޮވިޑްގެ ސަބަބުން އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަސް ކޮށްފައިވާ މި އިންތިޚާބު މިފަހަރު ބާއްވަން ޖެހެނީ އެޗްޕީއޭގެ ޚާއްޞަ އުސޫލުތަކާއި އެއްގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު