އިލްމުވެރިން މުޖުތަމަޢަށް ނުރައްކަލަކަށް ވަނީ އެބޭފުޅުންގެ ނަމުގެ ކުރިއަށް އިއްޒަތްތެރި ނެތީމަތޯއޭ ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ސުވާލު އުފައްދަވައިފި އެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، އިލްޔާސްގެ ގާތް ބޭފުޅެއްކަމަށްވާ ޑރ. އިޔާޒަކީ މުޖުތަމައަށް ހުރި ނުރައްކަލެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

އާޒިމް ވަނީ ޑރ. އިޔާޒަކީ ފިތުނަ އުފައްދާ ބޭފުޅެއްކަމަށް ވިދާޅުވެ، އޭނާ ހައްޔަރުކުރުމަށް ވެސް ގޮވާލައްވާފައެވެ. އެމްޑީޕީގެ އިސް ފަރާތްތަކުން ޑރ. އިޔާޒާއި ދެކޮޅަށް މިފަދަ ވިސްނުމެއް ގެންގުޅުއްވަނީ ސަރުކާރުގެ ބައެއް ދީނީ ސިޔާސަތުތަކާއި ދެކޮޅަށް ޑރ. އިޔާޒު ޚިޔާލުފާޅުކުރަށް ވަމުން ގެންދަވާތީއެވެ. އެގޮތުން ކޮވިޑާއި ގުޅިގެން އެންމެ ފަހުން އެޅި ހަރުކަށި ފިޔަވަޅު ތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތް ހެދުމުގައި ގައިދުރު ކުރުމަށް ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ޑރ. އިޔާޒް ގެންދަވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރަށްވަމުންނެވެ.

"އެހީތެރިކަމަށް އެދިގެން އަންނަ ޒުވާން އަންހެން ކުދިންގެ ނުރުހުމުގައި އެކުދިންގެ އިއްފަތްތެރިކަން ފޭރި ގަންނަ މީހުން މުޖްތަމަޢަށް ނުރައްކަލަކަށް ނުވެ، ހައްގު ބަސް ބުނުއްވާ އިލްމުވެރިން މުޖުތަމަޢަށް ނުރައްކަލަކަށް ވަނީ ކުރިއަށް އިއްޒަތްތެރި ނުލިޔާތީތޯ؟" އިލިޔާސް ސުވާލު އުފައްދަވާފައިވެއެވެ.

މީގެއިތުރުން މިއީ އިންތިގާލީ އިންސާފުތޯއޭ ވިދާޅުވެ އިލްޔާސް ވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ މެނިފެސްޓޯގައާއި އެޖެންޑާ 19 ގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ އިންތިގާލީ އިންސާފގެ ވަޢުދާއި ބެހޭގޮތުން ސުވާލު އުފައްދަވާފަ އެވެ.



ސަރުކާރުން އިލްމުވެރިންނާއިމެދު ކަންތައްތައް ކުރާ ގޮތާއިމެދު އިލްޔާސް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، އަދާލަތު ޕާޓީގެ ޢިލްމްވެރިންގެ ޓީމުގައި އިލްޔާސް އެކު މަސައްކަތް ކުރަށްވާ ގާތް އެކުވެރި ބޭފުޅެއްކަމަށްވާ ޑރ. އިޔާޒު ވަނީ ގައުމީ ޔުނިވަރސިޓީން ސަސްޕެންޑްވެސް ކޮށްފައެވެ. އިޔާޒް ސަސްޕެންޑް ކުރީ އޭނާ ކުރަށްވާ ސިޔާސީ ޓްވީޓްތަކުގެ ސަބަބުން ޔުނިވަރސިޓީގެ ނަން ޚަރާބުވަމުންދާ ކަމަށް ސިފަކޮށްފައެވެ. އަނެއްކޮޅުން ޑރ. އިޔާޒާއި އިލްޔާސް އަކީ އިސްލާމް ދީނާއީ ދުރުކަމަށް ބުނާ މިސަރުކާރު ގެނައުމަށް ބޮޑު މަސައްކަތްތަކެއް ކުރެއްވި ބައެއްކަންވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން