އަލްއުސްތާޛާ އާއިޝަތު ސަމާހު. (ފޮޓޯ: ބީއެމްއެލް)
އަލްއުސްތާޛާ އާއިޝަތު ސަމާހު. (ފޮޓޯ: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އަލްއުސްތާޛާ އާއިޝަތު ސަމާހު ހަމަޖައްސައިފިއެވެ.

 

                   

އަލްއުސްތާޛާ އާއިޝަތު ސަމާހު އަކީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭކަނބަލެއްކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އާއިޝަތު ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުންނެވެ.

މި މަގާމަށް އައްޔަންކުރުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ. އާއިޝަތު ސަމާހު ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް ހަމަޖެއްސެވި ނަމަވެސް އޭނާ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

 

         

މީގެ އިތުރުން،  ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތަކެއްވެސް މިއަދު ވަނީ ބޭންކުން ހާމަކޮށްފައެެވެ. މިގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީ އާ އެއްގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިންގ ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި ބީއެމްއެލްއަކީ ގިނަ އަދަދަކަށް އަންހެން ކަނބަލުން ބަޒީފާ އަދާކުރަށްވަމުން ގެންދަވާ ތަނެކެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން