އދ ގެ ހާއްސަ ރެެޕެޓުއަރ، ޑރ. އަހުމަދު ޝަހީދު.
އދ ގެ ހާއްސަ ރެެޕެޓުއަރ، ޑރ. އަހުމަދު ޝަހީދު.
އަންހެނުންގެ ދުވަހު ސްވިޒަރލޭންޑުން ނިގުޅައިގަތީ އަންހެނުންގެ ހައްގުތައް ކަމަށް ވިދާޅުވެ އދ ގެ ހާއްސަ ރެެޕެޓުއަރ، ޑރ. އަހުމަދު ޝަހީދު ސްވިޒަރލޭންޑްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދުގެ މިފާޑުކިއުން ސްވިޒަރލޭންޑް ސަރުކާރަށް އަމާޒުވީ އެގައުމުގައި އަންހެނުން ބުރުގާ އެޅުން މަނާކުރުމަށް ވޯޓެއް ނަގަން އެގައުމުގައި އަންހެނުން ބުރުގާއެޅުން މަނާ ކުރުމަށް ނިންމުމުންނެވެ.

މިކަމާގުޅިގެން ޑރ. ޝަހީދު ވިދާޅުވީ އަންހެނުންގެ ދުވަހު ސްވިޒަރލޭންޑުން ނެގި ވޯޓާއެކު، އަންހެނުންގެ ދީނީ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަނެފައިވާކަމަށެވެ. އަދި މިއީ އެގައުމުން އަންހެނުންނަށް ކުރިމަތި ކުރުވާ ތަފާތު ކުރުންތަކެއްކަމަށްވެސް ޑރ. ޝަހީދު ފާހަގަ ކުރައްވާފައިވެއެވެ.

ޑިމޮކްރަސީގެ ނަމުގައި އަމިއްލަ ހަރުކަށި ވިސްނުން ނުފޮރުވޭނެކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފައިވެއެވެ.

"ސްވިޒަރލޭންޑުން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހު ވޯޓުލީ، އަންހެނުންގެ ދީނީ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅަށް. ޑިމޮކްރަސީގެ ނަމުގައި އަމިއްލަ ހަރުކަށި ވިސްނުންތަކެއް ނުފޮރުވޭނެ." ޑރ. ޝަހީދު ވިދާޅުވިއެވެ.

ހަރުކަށި ފިކުރު ނައްތާލުމަށް ކަމަށް ބުނެ ސްވިޒަރލޭންޑުގައި ބުރުގާ ނޭޅޭނެ ކަމަށް ވޯޓު ލައިފައިވަނީ އިއްޔެއެވެ. ގަނޫނު ހަދާމަޖިލީހުގައި ނެގި ވޯޓުގެ 51 އިންސައްތަ ވޯޓާއެކު، ސްވިޒަރލޭންޑުގެ އާންމު ސަރަހައްދުތަކުގައި ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ. އެގައުމުގެ މުސްލިމުން، މިކަމާމެދު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ދުނިޔޭގެ އެކި ގައުމުތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންވެސް މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިގޮތުން އދ ގެ ހާއްސަ ރެެޕެޓުއަރ، ޑރ. އަހުމަދު ޝަހީދުގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަރނޭޝަނަލް އިންވެސް ސްވިޒަރލޭންޑުގައި ބުރުގާ އެޅުން މަނާކުރުމަށް ނެގުނު ވޯޓާއެކު ކަންބޮޑުވުން ފާޅުކޮށް އަންހެނުންގެ ހައްގުތަކަށް އަރައިނުގަތުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިއީ މުސްލިމުންނާއި ދެކޮޅަށް ސްވިޒަލޭންޑުގައި އެޅުނު ފުރަތަމަ ހަރުކަށި ފިޔަވަޅެއް ނޫންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިގޮތުން 2009 ވަނަ އަހަރު ސްވިޒަރލޭންޑުގެ މިސްކިތްތަކުގައި މުންނާރު ލުން މަނާކުރާ ގަވާއިދެއްވެސް ވަނީ ފާސްކޮަށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން