ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު
‏މާލޭ ސިޓީ ކައުންސިލްގެ އިދާރީހާލަތް އޮތީ އިހުގެ "މުނިސިޕަލްޓީ"ގެ ހާލަތަށްވުރެވެސް ދަށުދަރަޖައިގައިކަމަށް ސަރުކާރުގެ ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވެފައި މިވަނީ، މާލެ ސިޓީ ކައުންސިލަށް އެދެވޭ މަސައްކަތެއް މިދިޔަ ދައުރުގައި ނުކުރެވުނީ ބިއްލޫރިޖެހި ގެއިން ކައުންސިލްގެ މަސައްކަތްތައް އެހެން އިމާރާތަކަށް ބަދަލުކުރުމާއި ގުޅިގެންކަމަށް ދޭހަވާގޮތަށް މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެފައިވަނިކޮށެވެ.

މިވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ ‏މާލޭ ސިޓީ ކައުންސިލްގެ އިދާރީހާލަތު އޮތީ އިހުގެ "މުނިސިޕަލްޓީ"ގެ ހާލަތަށްވުރެވެސް ދަށުދަރަޖައިގައިކަމަށެވެ. އަދި އެ ހާލަތް ޖެހުނީ "މޭޔަރު" އިންނަވަން ހެދި ބިއްލޫރި ކޮޓަރިއާއި "ކައުންސިލަރުން" "ފުރުޓް ނިންޖާ" ކުޅެންހޯދި "އެޕަލް" ކޮމްޕިޔުޓަރުތައް ނެތިގެން ކަމަށް ސާބިތުކޮށްދޭން ނޫޅުއްވުމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ. ވެރިކަމުން ފެށިގެން އެމްޑީޕީގެ މެޖޯރިޓީއާއެކު ހިންގަމުން ގެންދާ މާލޭ ސިޓީ ކައުންސިލް އެދެވޭ ގޮތެއްގައި ހަރަކާތްތެރި ވަމުން ނުދާ ވާހަކައާއި އެއީ ހަމައެކަނި ސިޔާސީ މަސައްކަތް ކުރަން އޮންނަ ތަނެއްކަމަށް ސިފަކޮށް ގިނަ ބަޔަކު ފާޑުކިޔަމުންދާ މައްސަލައިގައި މިހާރުގެ މޭޔަރު ސިފާ ވިދާޅުވަމުން ގެންދަވަނީ ސިޓީ ކައުންސިލަށް އެދެވޭ ނަތީޖާއެއް ނުނެރެވުނީ ވޭތުވެދިޔަ ސަރުކާރުގެ ސަބަބުން ކަމަށެވެ. ޚާއްޞަކޮށް އެޒިންމާ ސިފާ އަޅުވަނީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒުގެ އިސްތަށިފުޅުގައެވެ.



ސިފާއަށް ނުސީދާކޮށް އަމާޒުކޮށް ޒަރިޔަންދު ފާޑު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ޓްވިޓަރ އެކައުންޓުން މިއަދު އާއްމު ކުރެއްވި ވީޑިއޯއެއްގައި ސިފާ ވަނީ ބިއްލޫރިޖެހިގެއިން ނެރުނު ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.

ސިފާ ވިދާޅުވީ އެތަނުން ކައުންސިލަރުން ނެރެ، މަގުމަތިކޮށްލުމަށްފަހު، ކައުންސިލްގެ ފަރުނީޗަރުތަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި އެތަކެތި ފެނުނުއިރު، ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް ސިފާ ވިދާޅުވެފައި ވެއެވެ.



ބިއްލޫރިޖެހިގެއިން ކައުންސިލަރުން ނެރެގެން ޝަކުވާ ކުރަމުންދާއިރު، އެތަނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ އިންތިހާބުވި ސިޓީ ކައުންސިލުގެ ބޭފުޅުން އުޅުއްވި އިމާރާތެވެ. އޭރު އެތަން ހަދާފައި ހުރީ ވަރަށް ޒަމާނީ ފެންވަރަކަށެވެ.

ސިފާގެ މިވާހަކަތައް ރައީސް ނަޝީދު ޓްވީޓް ކުރަށްވާފައިވާއިރު މިއީ އިދިކޮޅު ޕީޕީއެމުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަށްވާ ޑރ. މުޢިއްޒަށް އެބޭފުޅުން ދެއްވަމުން ގެންދަވާ ބަހުގެ ހަމަލާތަކުގެ ސިލްސިލާގެ ބޮޅެއްކަން ފާހަގަ ކޮށްލެވެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެމްޑީޕީން ހުރިހާ ގުނަވަން ތަކަކާއި ސަރުކާރުގެ އިދާރާތައް ބޭނުން ކޮށްގެން ޑރ. މުއިއްޒާއި ދެކޮޅަށް، އެންޓި ކެމްޕޭން ކުރަމުންދަނީ ފެށުނީއްސުގެ އެމްޑީޕީގެ އަޣުލަބިއްޔަތު އޮވެގެން ހިންގާފައިވާ ސިޓީ ކައުންސިލުން ވޭތުވެދިޔަ ތަނުގައި އެއްވެސް ކަމެއް ނުވެ ފެއިލްވެފައިވާކަން ރައްޔިތުން ގަބޫލުކުރާތީ މިފަހަރު ތާއީދު ނެތްކަން ކަށަވަރުވާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

........

15-Mar-2021

ބީޖޭޕީ ކައުންސިލެއް ވީމަ އެއީ. މިފަހަރު ހޮވާނީ އެމްޑީޕީ ކައުންސިލެއް. އޭރުން ބަރާބަރުވާނެ.


7

ކިނބޫ

13-Mar-2021

އެހެންތަ! މީހަކު އިނގިލިކުރީ ލައިގެން އެއުޅޭ ސޮރަށް ވޯޓު ދޭންވީތަ ދެން?



ޓްރެންޑިން