ދިވެހިރާއްޖެއިން ދަނީ ކޮމަންވެލްތުގެ އަގުހުރި އުސޫލުތައް ފަޚުރުވެރިކަމާއެކު ދަމަހައްޓަމުންކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
މިއަދަކީ ކޮމަންވެލްތު ދުވަސްކަން ފާހަގަކުރައްވައި، އެޖަމިއްޔާގެ މުހިންމު އުސޫލުތައްކަމުގައިވާ، އިންސާނިއްޔަތުކަމާއި، ޑިމޮކްރަސީ ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
"ކޮމަންވެލްތު ދުވަހު، އެޖަމިއްޔާގެ މުހިންމު އުސޫލުތައްކަމުގައިވާ، އިންސާނިއްޔަތާއި، ޑިމޮކްރަސީ ފާހަގަކޮށް، ކޮވިޑު-19 އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް ފާހަގަ ކުރަން ޖެހޭ. ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުނުތާ އަހަރު ދުވަސް ވެފައިވާއިރު، ރާއްޖެއިން ދަނީ ކޮމަންވެލްތުގެ އަގުހުރި އުސޫލުތައް ފަޚުރުވެރިކަމާއެކު ދަމަހައްޓައި، ގުޅިގެން ކުރިމަގު ބިނާ ކުރުމަށް މަސައްކަތްކުރަމުން." ރައީސް ވިދާޅުވިއެވެ.
ކޮމަންވެލްތުގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ. ރާއްޖެއިން ކޮމަންވެލްތުން ވަކިވެފައިވަނީ އެ ޖަމާޢަތުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީނުގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން އަލުން ކޮމަންވެލްތާއި ގުޅުމުގެ ކަންކަން ފައްޓަވާފައިވެއެވެ.
މިގޮތުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމުގެ ހުރިހާ ޝަރުތެއް ފުރިހަމަކޮށް، ރާއްޖެއިން ކޮމަންވެލްތުގެ މެންބަރަކަށް އަލުން ވުމަށް ހުށަހެޅި ހުށަހެޅުން ކާމިޔާބުވެފައިވާކަން ހާމަކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.
ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފިކަމަށް އިޢުލާން މުރަށްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، 2020 ފެބްރުއައީމަހު 01 ގައި ކުރެއްވި ޓްވީޓެއްގައެވެ.

On #CommonwealthDay we celebrate the core values of the organization- human rights, democracy and resolution of issues from COVID19 to climate change. A year since we re-joined @commonwealthsec, we proudly continue to champion these values and work together for our common future.
— Ibrahim Mohamed Solih (@ibusolih) March 8, 2021
ކޮމަންވެލްތުގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ. ރާއްޖެއިން ކޮމަންވެލްތުން ވަކިވެފައިވަނީ އެ ޖަމާޢަތުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީނުގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން އަލުން ކޮމަންވެލްތާއި ގުޅުމުގެ ކަންކަން ފައްޓަވާފައިވެއެވެ.
މިގޮތުން ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމުގެ ހުރިހާ ޝަރުތެއް ފުރިހަމަކޮށް، ރާއްޖެއިން ކޮމަންވެލްތުގެ މެންބަރަކަށް އަލުން ވުމަށް ހުށަހެޅި ހުށަހެޅުން ކާމިޔާބުވެފައިވާކަން ހާމަކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.
ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފިކަމަށް އިޢުލާން މުރަށްވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، 2020 ފެބްރުއައީމަހު 01 ގައި ކުރެއްވި ޓްވީޓެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު