ކޯވިޑް19 އިން ދިފާއުވުމަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ހަރަކާތުގެތެރެއިން.
ކޯވިޑް19 އިން ދިފާއުވުމަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ހަރަކާތުގެތެރެއިން.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަ 6،170 މީހަކު ވެކްސިން ޖަހާފައިވެއެވެ.

އަދި މިހާތަނަށް ޖުމްލަ 157،813 މީހަކު ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައިފައިވެއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 91،279 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވެއެވެ. އަދި މީގެ ތެރެއިން މިއަދު ވެކްސިން ޖަހާފައިވަނީ 2،186 މީހެކެވެ.

މީގެ އިތުރުން ޖުމްލަ 66،534 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހައިފައިވާއިރު، މިއަދު 3،984 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

މިހާތަނަށް އިންޑިއާއިން ވަނީ ރާއްޖެއަށް ކޮވިޝީލްޑު ވެކްސިނުގެ ދެލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ. ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ޗައިނާއިން ވަނީ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 200،000 ޑޯޒު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައެވެ.

މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ކޮވިޑު-19 ވެކްސިނުގެ 12،000 ޑޯޒު އިއްޔެ ވަނީ ލިބިފައިވެއެވެ. މިއީ ކޯވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް ލިބުނު ފުރަތަމަ ވެކްސިން ޝިޕްމެންޓްކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޔުނިސެފުގެ ޓީމުން ބުނެފައިވެއެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ފޯރުކޮށްދެވޭ ވެކްސިން ދިނުމަށް ބޭނުންވާނޭ 100،000 ސިރިންޖާއި، ވެކްސިން ރައްކާކުރުމަށް ބޭނުންވާނޭ 1000 ސޭފްޓީ ބޮކްސް، ޔުނިސެފުން ވަނީ މިދިޔަމަހު ރާއްޖެއަށް ހަދިޔާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން