އަހުމަދު ޔާމިން   27 އޭޕްރީލު 2020 - 6:10
މޯލްޑިިިވިއަންގެ ކާރގޯ ފްލައިޓެއް
މޯލްޑިިިވިއަންގެ ކާރގޯ ފްލައިޓެއް
ަސްރީލަންކާ އިން 10 ޓަނުގެ ކާގޯ ރާއްޖެއަށް ގެނެސްފިއެވެ.

މޯލްޑިވިއަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އެއާލައިނުގެ ފްލައިޓެއްގައި، 9810 ކިލޯގެ ކާގޯ ކޮލަމްބޯ އިން ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ލަންކާ، ދުބާއި އަދި ތައިލޭންޑުން ގިނަ އަދަދެއްގެ މުދާ މޯލްޑިވިއަނުން ރާއްޖެއަށް ގެނެސްފައި ވެއެވެ. މޯލްޑިވިއަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް ޑިމާންޑަށް ބެލުމަށް ފަހު އިތުރު ބައެއް އެހެން ޤައުމުތަކަށް ވެސް ކާގޯ ދަތުރުތައް އެ އެއާލައިނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ، އިންޑިއާ، ބެންކޮކް އަދި ދުބާއި ފަދަ ތަންތަނުން މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ އެތެރޭގެ ސަރަޙައްދުތަކަށް ވެސް ކާގޯ ދަތުރުތައް ކުރުމަށް ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން