ފަތުރުވެރިކަން ތަރައްގީކޮށްފައިވާ ރާއްޖޭގެ ފަޅުރަށެއް: މިފަހަރު ހުޅުވާލި ރަށްތަކަށް ލިބުނީ ފިނި ތަރުހީބެއް
ފަތުރުވެރިކަން ތަރައްގީކޮށްފައިވާ ރާއްޖޭގެ ފަޅުރަށެއް: މިފަހަރު ހުޅުވާލި ރަށްތަކަށް ލިބުނީ ފިނި ތަރުހީބެއް
ފަތުރުވެރިކަމަށް 4 ރަށެއް ހުޅުވާލުމުން ބިޑު ހުށަހަޅާފައިވަނީ އެންމެ ކުންފުންޏަކުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅު ފަތުވެރިކަމަށް 4 ރަށެއް ހުޅުވާލާފައެވެ. އެއީ ހއ. އަލިދުއްފަރާއި ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން އަދި ށ. ކުޑަޅައިމެންދޫ ނ. ކުންނަމެލައި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމަށް ހުޅުވާލި 4 ރަށުގެ ބިޑު ފޮތް 7 ފަރާތަކުން ގަނެފައިވާކަމަށެވެ. ނަމަވެސް ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށް މިނިސްޓްރީން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏެއްކަމަށާއި، އެކުންފުނިން ބިޑު ހުށަހަޅާފައިވަނީ ނ. ކުންނަމެލައިގައި ރިސޯޓް ތަރައްޤީކުރުމަށެވެ.

މި އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ފަތުރުވެރިކަމަށް 10 ރަށެއް ތަރައްޤީކުރަން ނިންމާފައިވާއިރު، މި ރަށްތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާ ކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު