އެމްޕީއެލް ސަރަޙައްދުގައި މަޖޫރީން މުޒާހަރާކުރަނީ
އެމްޕީއެލް ސަރަޙައްދުގައި މަޖޫރީން މުޒާހަރާކުރަނީ
އެމްޕީއެލްއިން އެޅި ފިޔަވަޅުތަކަކާ ގުޅިގެން މަޖޫރީން ހިތްހަމަނުޖެހިގެން މުޒާހަރާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖޫރީން މިއަދު އިހުތިޖާޖުކޮށްފައިވަނީ އެމީހުންގެ މަސައްކަތަށް ބަނދަރަށް ވަދެވޭ ގަޑި ލަސްވާތީއެވެ. އަދި މިއީ އެމްޕީއެލްއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ދިމާވާ ކަމެއްކަމަށްވެސް މަޖޫރީން ބުނެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްޕީއެލްއިން ބުނެފައިވަނީ މަޖޫރީންގެ އިތުރުން އެހެން މީހުންވެސް ޕޯޓް ސަރަހައްދަށް ވަދެވުން ލަސްވަނީ ކޮންޓެއިނާ އުފުލާ ވަގުތު އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. މިއީ އެމްޕީއެލްގައި ހިނގައި ދިޔަ ނުރައްކާތެރި ދެ ހާދިސާއަށްފަހު ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްގެ ބަނދަރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ދާދީފަހުން ވަނީ ނުރައްކާތެރި ބައެއް ހާދިސާތައް އެތަނުގައި ހިނގާފައެވެ. މިއަހަރު ބަނދަރުގައި ހިނގި ހާދިސާއެއްގައި ޒަޚަމްވި ދެމީހުން ވެސް ވަނީ ނިޔާވެފައެވެ. އެއާއެކު މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު