މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ލެސޯތޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް މަޓްސިޕޯ ރަމަކޮއެއާއެކު ވަރޗުއަލްކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ތަރައްގީއަށް ބޭނުންވާ މާލީ އެހީ ހޯދުމާއި އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދެގައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތާއި ބެހޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ދެގައުމުގެ މެދުގައި ގޮތް ގުޅުމާއި ދޭދޭ ގުޅުންތަކުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ވަޒީރުންވެސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު