އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި ކަމަށާ ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް މަގާމުން ދުރުކުރި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އިދިކޮޅު ޕީޕީއެމްއާ ގުޅުނުކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަލީހު ވިދާޅުވީ އަދިވެސް މިހުންނެވީ ޖޭފީގެ އާންމު މެމްބަރެއްގެ ގޮތުގައި ކަމަށާ ކައުންސިލް އިންތިހާބުގައި ޖޭޕީއިން ވާދަ ނުކުރާ ދިމަދިމާލުން ތާއީދު ކުރައްވާނީ އެމްޑީޕީ ކެނޑިޑޭޓުން ނޫން އެހެން ކެނޑިޑޭޓުންނަށް ކަމަށެވެ،
"އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުން ވާދަ ނުކުރާ ދިމަދިމާލުން އަޅުގަނޑު ތާއީދު ކުރާނީ އެމްޑީޕީ ނޫން ކެނޑިޑޭޓުންނަށް. ޖޭޕީއަށް ކުރެވެންހުރި ކަމެއް ކޮށްދޭނަން. އަދި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުންނަށް ވީވަަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން. ޖޭޕީ ކެނޑިޑޭޓުން ނެތް ދިމަދިމާލުގަ ތާއީދުކުރާނީ ޕީޕީއެމް. އެމްއާރއެމް އަދި އަދާލަތު ޕާޓީގެ ކެނޑިދޭޓުނަށް. އެއީ އަޅުގަނދު އަމިއްލަ ހައިސިއްޔަތުން ކުރާ ކަަމެއް" މަލީހު ވިދާޅުވޮއެވެ.
ފުވައްމުލަކުގައި ޕީޕީއެމްގެ ކެމްޕެއިން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި މަލީހު ބައިވެރިވެ ވަޑައިގެންނެވުމުން އެމްޑީޕީ އަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކުން ވަނީ މަގާމުން ވަކިކުރިނަމަވެސް މަލީހު ޖޭޕީން ވަކިނުވެ އިދިކޮޅު ކޯލިޝަނަށް ކެމްޕެއިން ކޮށްދެއްވަނީ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އެގޮތުން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "މަލީހު ވަކިވީ ސަރުކާރުން. ޖޭޕީއިން ވަކިނުވޭ. ސަރުކާރު ކޯލިޝަންގަ އޮވެ އިދިކޮޅަށް ނުކުޅެވޭނެ. ޖޭޕީން މަލީހާ މެދު ފިޔަވަޅު ނާޅާނަމަ ޖޭޕީގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެދޭނެ."
މިކަމާ ގުޅިގެން މަލީހު ވިދާޅުވީ އެޖަލްސާގައި ބައިވެރިވެ ވަޑައިގަތީ ފުވައްމުލަކު ޒުވާނުންގެ އެދުމުގެ މަތިން ކަމަށެވެ.
މަލީހު ވިދާޅުވީ އެމްޑީޕީން ވަނީ ކޯލިޝަންގެ އެގްރިމެންޓާ ޚިލާފުވެފައި ކަމަށާ ކޯލިޝަންގެ ބައިވެރިން އެމްޑީޕީއަށް ފެންނަނީ ހަމައެކަނި އިންތިހާބު ބޯމަތިވުމުން ކަމަށެވެ. އަދި ކޯލިޝަންގެ އެގްރިމެންޓްގައިވާ ގިނަ ވަޒީފާތައް ޖޭޕީ އަށް އަދިވެސް ނުލިބޭ ކަމަށާ ނަމަވެސް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް 3 އެގްޒެކެޓިވް ޑިރެކްޓަރުގެ މަގުން އެކިއެކި މިނިސްޓްރީތަކުން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ދީފައިވާ ކަމަށެވެ. ނަމަވެސް ކޯލިޝަންގައި ހިމެނޭ ޖޭޕީ، އެމްއާރްއެމް އަދި އަދާލަތު ޕާޓީއަށް އެފުރުސަތު ނުލިބޭ ކަމަށް މަލީހު ވިދާޅުވިއެވެ.
"އެހެންވީމަ އެފަދަ ހާލަތެއްގަ ކޯލިޝަންގެ އެހެން ބޭފުޅުން ހިމޭނުން ތިބެގެން ނުވާނެ. ދަޅަ ދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓި އެބޭފުޅުން ނަގައިފި. ކޯލިޝަން އެގްރިމެންޓް ވަރަށް ސާފުކޮށް ބުނޭ ކައުންސިލް އިންތިހާބާ ރައްޔިތުންގެ މަޖިލީހު އިންތިހާބުގައި މަސައްކަތް ކުރަންވާނީ އެކީގަ ކަމަށް. އެކަމަކު މިހާތަނަށް އެމްޑީޕީއިން މަޝްވަރާއެއް ނުކުރޭ ކައުންސިލް އިންތިހާބު ގޮނޑިތައް ބަހާލުމާ ގުޅޭގޮތުން. އެބޭފުޅުން އަމިއްލައަށް ހުރިހާ ކަމެއް ނިންމަނީ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގަ އެފަދަ ބަޔަކާ އެއްކޮށް ސިޔާސީ މަޝްރަހުގަ ތިބެގެން ނުވާނެ.”މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ކައުންސިލް އިންތިހާބު މެޖޯރިޓީ ހޯދައިގެން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ހުރީ އެގޮތަށްކަން ސާފުވާކަމަށް މަލީހުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު