އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   10 މާރިޗު 2021 - 14:44
ޖިންސީ ފުރައްސާރައާއި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އިކްރާމް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުައި އިކްރާމް މަޤާމުން އިސްތިއުފާ ދެއްވީ ރޭގެވަގުތެއްގައެވެ.

އިކްރާމް އިސްތިއުފާދެއްވިއިރު، އިކްރާމްގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ދަނީ ބަލަމުންނެވެ. އެގޮތުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭސްއަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މީގެތެރޭގައި ހިމެނެއެވެ.

އޭގެތެރެއިން ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިކްރާމް ހުންނެވީ ސަސްޕެންޑް ވެސް ކޮށްފައެވެ. އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކުރި ކަމެއް ކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން