އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   10 މާރިޗު 2021 - 15:11
މާލޭގެ އުތުރު ފަރާތު ބަނދަރުގެ ކަނޑިންމަ ފައިކަށިމަތީގައި، ފޮށިގަނޑުތަކެއް އަޅައިގެން ތިބި ބައެއް ކަމަށް ބުނެ ދައުރުކުރާ ފޮޓޯ އަކީ އަސްލެއް ނޫން ކަމަށް ދޭހަވާ ގޮތަށް، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ޓްވީޓްކުރެއްވުމުން ޝިފާއަށް ފާޑުކިޔާ އިސްތިއުފާ ދޭން ގޮވަން ފެށުމުން އަލުން ރާގު ބަދަލުކުރަށްވައި އެއީ ޑްރަގް ވިޔަފާރިކުރާ މީހުންގެ ސަބަބުން ހަލާކުވެ ނިކަމެތިވެފައިވާ ކުދިން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

މޭޔަރު ޝިފާއަށް ޓެގްކޮށް، މީހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކުގައި ފެންނަނީ ހަތަރު ޒުވާނަކު މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ބިންމަތީގައި ނިދާފައި ތިއްބައެވެ. ގެންގުޅޭ ސާމާނުތަކާ އެކު އެ މީހުން، ނިދާފައި ތިބި މި ފޮޓޯތައް ގިނަ މީހުން ސިފަކުރީ، ބޯހިޔާވަހިކަން ނެތި ގިނަ ދިވެހިން، ބިކަވެފައިވާ ކަމުގެ "ބޮޑު މަންޒަރު" ފެންނަ ފޮޓޯތަކެއްގެ ގޮތުގައެވެ.

މިކަމާ ގުޅިގެން ސިފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ "މާގިނަ ސާމާނުތައް ހިފައިގެން ގޮސް ނިދާފައި ތިބީމާ މާ އޯވާ އެބަވާ" ކަމަށެވެ.

މި ކޮމެންޓު ކުރެއްވުމުން ޝިފާއަށް ގިނަ ބަޔަކު ފާޑުކިޔާ ނުރުހުން ފާޅުކޮށްފައިވެއެވެ. އެޔަށްފަހު ޝިފާ ކުރި ޓްވީޓެއްގައި ވިދާޅުވީ "މިއީ ވަކި ބައެއްގެ ބޮލުގައި އެޅުވޭ ވަރަށް ވުރެ ބޮޑު މައްސަލަ އެއް ކަމަށާ މިއީ އެންމެ ދުވަހަކުން އައި ކަންކަން ނޫން" ކަމަށެވެ. އަދި "ކޮވިޑް ގެ ހާލަތުގައި ކުދިން ގެއިން ނެރޭ ކަމަށާ ހުރިހާ އެންމެންވެސް އެފަދަ ކުދިންގެ ނާޖާއިޒް ފައިދާ ނަގަމުންދާ" ކަމަށެވެ.

ޝިފާ ފަހުން ތުހުމަތު ކުރެެއްވި ގޮތުގައި އެކުންދިންނަކީ ބޮޑެތި ޑްރަގް ވިޔަފާރި ހިންގާ މީހުން އެވިޔާފާރީގައި ބޭނުންކޮށް ހަލާކުކޮށްލާފައިވާ ކުދިން ކަމަށެވެ. ޑްރަގް ވިޔަފާރި ބޮޑުން ހައްޔަރު ނުވާ ކަމަށާއި ނަމަވެސް "ނިކަމެތިންގެ ދަރިން މިތިބީ ހާލުގައި ޖެހިފައި" ކަމަށް ޝިފާ ފަހުން ވަނީ ވިދާޅިވެފައެވެ.

ޝިފާގެ ވާހަކައިގެ ރާގު ބަދަލުވެގެން މިދިޔައީ ޝިފާއަށް ފާޑު ކިޔާ ގިނަ އަދަދެއްގެ ބަޔަކު ކުރި ޓްވީޓް ތަކަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން