އަހުމަދު މަސްނޫމް   10 މާރިޗު 2021 - 15:13
ކޯވިޑް ވެކްސިން ދިނުން ރޯދަމަހުވެސް ކުރިއަށްދާނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން ބުނީ ރޯދަމަހުވެސް ވެކްސިން ދޭނެކަމަށާއި، އަދި ވެކްސިން ދިނުން ކުރިއަށްދާނީ ރޭގަނޑުކަމަށެވެ. އަދި ވެކްސިންދޭނެ ގަޑިތަކާއި ވެކްސިން ޖަހާނެ ތަންތަން ރޯދަމަސް ފެށެން ގާތްވުމުން ހާމަކުރަމުންދާނެކަމަށްވެސް އެޗްއީއޯސީން ބުނެފައި ވެއެވެ.



ރާއްޖޭގައި މިހާތަނަށް 165675 މީހުން ވެކްސިން ޖަހާފައިވާއިރު، މާލެއާއި އަތޮޅު ތެރޭގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އެގޮތުން މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރަކުން ދަނީ ވެކްސިން ދެމުންނެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުންދެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންދިޔަނަމަވެސް މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފަށަން ތައްޔާރުވަމުންދާކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން