މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ބިމެއް ހިއްކައިގެން ގޯތި ދޭން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމެވެ.
އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިމެއް ހިއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށެވެ. އަދި އެކަމާއި ގުޅޭ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިއުލާންކުރައްވާނޭކަމަށް އަސްލަމް ވިދާޅުވިއެވެ.
"ރައީސް މިދިޔަ ހަފްތާގައި ވިދާޅުވި އިތުރު ގޯތި ލިބޭނެ ގޮތެއް ހޯއްދެވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް. އަޅުގަނޑަށް އެނގޭ އިތުރު ބިމެއްގެ ވިސްނުން ސަރުކާރުގައި އެބައޮތްކަން މާލޭގެ ރައްޔިތުންނަށް. އެކަން އިއުލާންކުރައްވާނީ ރައީސް." އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ މިވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ހިއްކަން އުޅޭ ބިމާއި ގުޅޭ އިތުރު ތަފްސީލް ދެއްވާފައެވެ. އެގޮތުން ބޭރުގެ ބޭންކަކުން ލޯނެއް ނަގައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން ގެންދަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެތަން ހިއްކާ ނިމުމުން ގޯތި ލިބޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެ ލޯނު (ނެދަލެންޑްސް) އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ. އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކޭނެ. ހިއްކުނީމާ ހަމަ ބިން ކަނޑާފައި އިރާދަކުރެއްވިއްޔާ ދެވޭނެ ކަމަށް ވަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ބުނާއިރު، ގިނަ ބަޔަކު އެކަމާމެދު ދަނީ ޝަކުވާކުރަމުންނެވެ. އެގޮތުން ކުރީ ސަރުކާރުން އިމާރާތްކުރި 7000 ހައުސިންގ ޔުނިޓްވެސް މިސަރުކާރަށް ރައްޔިތުންނަށް ހަވާލު ނުކުރެވޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު