އިލެކްޝަން ކޮމިޝަނުގެ ރައީސް، އަހުމަދު ޝަަރީފް.
އިލެކްޝަން ކޮމިޝަނުގެ ރައީސް، އަހުމަދު ޝަަރީފް.
މުއްދަތު ހަމަވެފައިވާ އައިޑީކާޑެއް ބޭނުންކޮށްގެން ވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް، އަހުމަދު ޝަަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ އާންމު ފަރާތަކުން ޓްވިޓާގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑެއް ބޭނުންކޮށްގެން ވޯޓު ލެވޭނެތޯ އަހައި ސުވާލު ކުރުމުންނެވެ.

މިކަމަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑެއް ބޭނުންކޮށްގެން ވޯޓު ލެވޭނެ ކަމަށެވެ. މިގޮތަށް މިކަން ކުރިއަށް ގެންދެވެނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންް އިން ކޮށްފައިވާ އާންމު އިއުލާނުގެ ދަށުން، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އާނުކޮށް ބޭނުން ކުރެވޭ މުއްދަތު ޖުލައި މަހާއި ހަމައަށް އިތުރު ކޮށްފައިވާތީކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

"މިހާރު ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންް (ޑީއެންއާރް) އިން ވަނީ އާންމު އިއުލާނެއް ކޮށްފަ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުުތައް 02 ޖުލައިގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށް، އީސީ އިންވެސް އަމަލު ކުރާނީ އެގޮތަށް." ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.



ކައުންސިލް އިންތިހާބް ބާއްވަން ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާތީ އެކި ފަހަރު މަތީން އިންތިހާބު ލަސްކުރަމުން ގޮސް، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށްފަހު، އޭގެ ފަހުން އެ ގާނޫނަށް ވެސް އިސްލާހު ގެނަސްގެން އިންތިޚާބު ބޭއްވޭނެ މާހައުލެއް މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން