ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ މިއަދު ހަވީރު 4 ޖަހާއިރުކަމަށެވެ. މި ނިއުސް ކޮންފަރެންސް އޮންނާނީ ވަރޗުއަލްކޮށްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ގިނަ ދުވަސްތަކަކަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު، އެންމެފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމާފައި މިވަނީ މިދިޔަ ހޯމަދުވަހުގެރޭ އެމަނިކުފާނު އެމްޑީޕީ އޮފީހުން ނިކުމެވަޑައިގަތް ވަގުތު ބައެއް ނޫސްވެރިން ގޮސް ސުވާލުތައް ދަންނަވައި ޝަކުވާ ކުރަން ފެށުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން