މިނިސްޓްރީ އޮފް ޕްލޭނިންގް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމު ށ. ކޮމަންޑޫގައި. (ފޮޓޯ: އެމްޓީސީސީ)
މިނިސްޓްރީ އޮފް ޕްލޭނިންގް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމު ށ. ކޮމަންޑޫގައި. (ފޮޓޯ: އެމްޓީސީސީ)
އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން ށ އަތޮޅުގައި ސަރވޭކުރަން ފަށައިފިއެވެ.

ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން އަތޮޅުތަކުގައި ސަރވޭކުރަން ފަށައިފައިވަނީ މަރޗް މަހު ހަވަނަ ދުވަހުއެވެ. މިގޮތުން ފުރަތަމަ މިސަރވޭ ކުރިއަށް ގެންގޮސްފައިވަނީ ހއ އަދި ހދ އަތޮޅުގައެވެ. އަދި ށ އަތޮޅުގައި ކުރެވޭ ސަރވޭކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިގޮތުން މި ސަރވޭކުރުމަށް، މިނިސްޓްރީ އޮފް ޕްލޭނިންގް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމެއް ށ އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ އާއި މިއަދު ވަނީ ޒިޔާރަތްކޮށްފައެވެ. ‏

މިއަދު މިޓީމުން ޒިޔާރަތްކޮށްފައިވަނީ ށ އަތޮޅުން، މިލަންދޫ، ނަރުދޫ، އަދި ކޮމަންޑޫއަށެވެ. އިއްޔެ މިޓީމުން ޒިޔާރަތްކޮށްފައިވަނީ ށ އަތޮޅު ކަނޑިތީމު، ގޮއިދޫ، ބިލެތްފަހި، ނޫމަރާ، ފޭދޫ، ފޯކައިދޫ އަދި ފީވަކަށެވެ.

ސާވޭ ކުރުމަށް ކުރެވޭ ދަތުރުތަކުގައި ލޯކަލް ކައުންސިލްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު ސޮއިކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހުއެވެ.

ގައުމީ ފެރީގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގައި ހިދުމަތް ދޭން ނިންމާފައިވަނީ އުތުރުގެ ތިން އަތޮޅަށެވެ. މިގޮތުން މިމަޝްރޫޢުގެ ދަށުން ހއ، ހދ، އަދި ށ، މި ތިން އަތޮޅުގައި ހިމެނޭ 41 ރަށަކަށް ހިދުމަތް ދެވޭނެ ކަމަށް އެމްޓީސީސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން