ރައީސް މައުމޫން އިދިކޮޅު ކޯލިޝަނާ ގުޅެން އުޅޭ ވާހަކަތައް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްއިން ދޮގުކޮށްފިއެވެ.

ރައީސް މައުމޫން އިދިކޮޅު ކޯލިޝަނާ ގުޅެން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އެމްއާރުއެމްގެ ނާއިބު ރައީސް އަދި ރައީސް މައުމޫންގެ ދަރިކަނބަލުން، މިނިސްޓަރ ޔުމްނާ މައުމޫން ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅާއި ގުޅެން އެމް.އާރް.އެމްއިން އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ވެސް ކޮށްފައިނުވާކަމަށް ޔުމްނާ ވިދާޅުވިއެވެ. ޔުމްނާ ވިދާޅުވީ މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަތަކެއްކަމަށެވެ.

ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ ރައީސް މައުމޫނު 2023ގެ އިންތިހާބުގެ ކުރިން އިދިކޮޅު ކޯލިޝަނާ ގުޅެން ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމާއި ގުޅިގެނެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ އިދިކޮޅުން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބާއްވާ އެއްވުންތަކުގައި އެމްއާރުއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ބައިވެރިވާނެ ކަމަށެވެ.

ރައީސް މައުމޫން އިދިކޮޅު ކޯލިޝަނާ ގުޅެން އުޅޭ ވާހަކަތައް މީޑިއާގައި ފެތުރުނުނަމަވެސް، އިދިކޮޅު ކޯލިޝަނުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން