ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިޔުންތައް ފޯރުކޮށްދިނުމާގުޅޭ އެމްއޯޔޫއެއްގައި ޕްރޮސެކިއުޓަރ ޖެނަރަލާއި އެޓާނީ ޖެނެރަލް ސޮއިކޮށްފިއެވެ.
މިއެމްއޯޔޫގައި އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ، ބަންޑާރ ނައިބު އިބްރާހިމް ރިއްފަތެވެ. ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމްއެވެ.
އެޓަރނީ ޖެނެރަލް އޮފީހުން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޢައްޔަންކުރާ ވަކީލުންނަށް މައްސަލައިގެ ލިޔެކިއުންތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ނައްތާލެވޭނެކަމަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އެ ލިޔެކިއުންތައް ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިޔުންތައް ފޯރުކޮށްދިނުމާގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި މިއަދު އެޓަރނީ ޖެނެރަލް @ibriffath ޕްރޮސިކިއުޓަރ ޖެނެރަލް @HuShameem ސޮއިކުރައްވައިފި pic.twitter.com/6ByzdbTFcy
— AG Office Maldives (@AGOmv) March 10, 2021
އެޓަރނީ ޖެނެރަލް އޮފީހުން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޢައްޔަންކުރާ ވަކީލުންނަށް މައްސަލައިގެ ލިޔެކިއުންތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ނައްތާލެވޭނެކަމަށެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އެ ލިޔެކިއުންތައް ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު