ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމަށް ވޯޓު ނަގައި މަގާމުން ބޭރުކޮށްފައިވާ ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ފެއަށް ޖެހިވަޑައިގެންފިކަން މިރޭ އޭނާ ހާމަކުރަށްވައިފިއެވެ.

ޖޭޕީން ވަކިވެ ވަޑައިގެންނެވިކަން ހާމަކުރަށްވަމުން މަލީހު ވިދާޅުވެފައި ވަނީ ސަރުކާރުގެ ތެރޭގައި ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރި ކަމާއެކު އުފުލި މީހާއާއި ދޭތެރޭ މުޅިން ބޭއިންއިންސާފުން އެމްޑީޕީން ކަންކަން ކުރަމުން ދިޔައިރު ޖޭޕީން އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ. އަދި ބޮޑެތި ތުހުމަތު ތަކާއެކު ވަކިކުރެވުނު ފަރާތްތަކާމެދު ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާވެސް މަލީހު ވަނީ ކުރަށްވާފައެވެ.

"ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީން ކަންކުރަމުން ދިޔައިރު ހަނު. ބޮޑެތި ތުހުމަތު ތަކާއި އެކު ވަކި ކުރެވުނު ފަރާތްތަކާއިމެދު ފިޔަވަޅު ނާޅާ ކޯލިޝަންގައި ދަލުބޭރުން. މިވަގުތު ޖޭޕީއާއި ފެއަށް ޖެހިލާނަން." އިދިކޮޅު ފަރާތްތަކުން ފިޝަރީޒް މިނިސްޓަރ ޒަހާވަހީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައެޅި މައްސަލައިގައި ޒަހާ ދިފާޢު ކުރަށްވައި ރައީސް މައުމޫން ކުރަށްވާފައިވާ ޓްވީޓެއް ރީޓްވީޓް ކުރަށްވަމުން މަލީހު ވިދާޅުވެފައި ވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން މަލީހު ވަކިވެ ވަޑައިގެންނެވިކަން ހާމަކުރަށްވާފައިވާއިރު އޭނާ މަގާމުން ވަކި ކުރި ފަހުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމެންބަރުން ވިދާޅުވެފައިވަނީ މަގާމުން ވަކިކުރި ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އިދިކޮޅުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު މަގާމުން ދުރުކުރި މަލީހު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީއަށް ހާޒިރުކުރަން އެކޮމިޓީން ނިންމާފައެވެ. މަލީހުގެ މައްސަލަ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް މަޖިލީހުގެ ރައީސް ހުށައެޅުއްވީ މަޖިލީހާއި ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކަވައި، މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާތީކަމަށް ވިދާޅުވެއެވެ.

އެކަމަށް ރައްދުދެއްވައި މަލީހު ވިދާޅުވެފައިވަނީ ކޮމިޓީގެ އިތުރުން މަޖިލީހަށް އަލުން ގެންދިޔަ ނަމަވެސް އޭނާ ޖެހިލުންވެ ވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ މަޖިލީހަށް ވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގަންނަވަން ބޭނުންވަނީ ފަސް މިނިޓް ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ހާޒިރުކުރަން ކޮމިޓީން ނިންމާފައިވާއިރު، މިމަހުގެ 1 ވަނަ ދުވަހު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްދިޔައިރު މަލީހުގެ ކިބައިން ފެނުނު ހިތްވަރާއި ޖޯޝާއި ފޯރިއަށް ގިނަ ބަޔަކު ތައުރީފްކުރަމުންދާއިރު، މަޖިލިސް ރައީސްގެ އަމަލުފުޅުތައް ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މަލީހަކީ ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން