ހުވަދު އަތޮޅުގެ ހަތަރު ރަށެއްގައި ސަރުކާރުން ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ހިންގަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ ގއ. ނިލަންދޫ، ގއ. ކޮންޑޭ، ގއ. މާމެންދޫ އަދި ގދ. ފަރެސްމާތޮޑާގެ ވާރޭ ފެނުގެ ނިޒާމެވެ. މި ނިޒާމު ހިންގަން އެކުންފުންޏާ ޙަވާލުކޮށްދެއްވީ އެރަށްތަކުގައި ވަކިވަކިން އޮތް ރަސްމިއްޔާތުތަކުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ. ފެނަކަ ކޯޕަރޭޝަނުން މި ނިޒާމާ ރަސްމީކޮށް ޙަވާލުވެވަޑައިގަތީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.
ވާރޭފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަކީ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ސަރުކާރުން ގްރީން ކްލައިމެޓް ފަންޑްގެހިލޭ އެހީގެ ދަށުން އެންވަރަޔަންމަންޓް މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދާ "ސަޕޯޓިންގ ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޔޫއޭއީގެ ވޯޓާރ އިންޖީނިއަރިންގ ކޮމްޕެނީއާ ޙަވާލުކޮށްގެންނެވެ. މަޝްރޫޢުގެ ޑިޒައިން އެންޑް ސުޕަވިޝަން ކޮންސަލްޓެންޓުންނަކީ އިންޑިޔާގެ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓެވެ. ހުވަދު އަތޮޅުގެ 4 ރަށެއްގެ ވަރޭފެން ނިޒާމް ހިންގުމަށް ފެނަކައާ ޙަވާލުކޮށްފައިވާއިރު، 8 ރަށެއްގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 38 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ދިވެހި ސަރުކާރުން ހުވަދުއަތޮޅުދެކުނުބުރީ (ފަރެސްމާތޮޑާ) ގައި ޤާއިމުކޮށްފައިވާ ވާރޭފެނުގެ ނިޒާމުތައް @TeamFenaka އާ ހަވާލުކުރުން@UNDPMaldives #GCF pic.twitter.com/VApKqKxG9P
— Ministry of Environment (@MoEnvmv) March 10, 2021
ވާރޭފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތަކީ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ސަރުކާރުން ގްރީން ކްލައިމެޓް ފަންޑްގެހިލޭ އެހީގެ ދަށުން އެންވަރަޔަންމަންޓް މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދާ "ސަޕޯޓިންގ ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޔޫއޭއީގެ ވޯޓާރ އިންޖީނިއަރިންގ ކޮމްޕެނީއާ ޙަވާލުކޮށްގެންނެވެ. މަޝްރޫޢުގެ ޑިޒައިން އެންޑް ސުޕަވިޝަން ކޮންސަލްޓެންޓުންނަކީ އިންޑިޔާގެ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓެވެ. ހުވަދު އަތޮޅުގެ 4 ރަށެއްގެ ވަރޭފެން ނިޒާމް ހިންގުމަށް ފެނަކައާ ޙަވާލުކޮށްފައިވާއިރު، 8 ރަށެއްގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 38 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު