އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު
އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު
ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އުއްމީދީ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

ފިރާޤު މިހެން ވިދާޅުވެފައި މިވަނީ ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅު އަދި ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެއަށް ބައެއް އެއަރލައިންތައް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވާ އިނަރ މޯލްޑިވްސް އަދި އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވީ ދެކުނުގެ ޓުއަރިޒަމް އިޝްތިހާރުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުއްމީދީ ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް މައުލޫމާތުތަކެއް ހާމަކުރައްވާނެކަމަށް ފިރާޤު ވިދާޅުވިއެވެ. ނަމަވެސް ކަނޑައެޅިގެން އެއީ ކޮންކޮން މައުލޫމާތު ތަކެއް ކަމެއް ފިރާގު ވިދާޅެއްނުވެއެވެ.



ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އުއްމީދީ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ފިރާގު ވިދާޅުވިއިރު، ސަރުކާރުން މިހާރުވެސް ދަނީ ދެކުނުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިތުރުކޮށް އެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އައްޑޫ ސިޓީން މިހާރު ވަނީ ފަތުރުވެރިކަމަށް ބިންތަކެއް ދޫކޮށްފައެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން