ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހީކުރައްވަނީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ކަމުގައި، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ، އަދީބާއި ޒިޔަތު ގެއަށް ބަދަލުކޮށްފައި، ރައީސް ޔާމީން ގެއަށް ބަދަލުނުކުރެވި ވަނީ ޑޮކްޓަރެއްގެ ލިޔުން ނުލިބިގެންކަމަށް ދެހަވާ މޭރުމަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވުމާއި ގުޅިގެނެވެ.

ވާޗުއަލްކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެމްޕީއާރްސީ މައްސަލައިގައި ވަކި ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޝަރީއަތްތައް އެކަނި ހިންގާފައި، ވަކި ބައެއްގެ މައްޗަށް އެކަނި ހުކުމް ކޮށްފައި ވާއިރު އޭގެތެރެއިން ވެސް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމިން ޖަލުގައި ހުކުމް ތަންފީޒު ކުރަށްވާއިރު ހަމަ އެމައްސަލައިގައި ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ނާއިބްރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ގެއަށް ބަދަލުކޮށްފައިވާ މައްސަލައަށް އިޝާރާތް ކޮށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވެފައިވަނީ އަދީބާއި ޒިޔަތު ގެއަށް ބަދަލުކޮށްފައި ވަނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކޮށްގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދަ ލިއުމެއް ހުށައަޅުއްވައި އެފަދަ ކަމަކަށް އެދިވަޑައިގެންފައި ނުވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.



ޑރ. ޖަމީލު އިތުރަށް ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުންކަމަށް ރައީސް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުންފަދަ ކަމެއްކަމަށެވެ.



ޖަމީލު ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ބަހައްޓާފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިދިނުމުން ބަދަލެއްގެ ގޮތުގައި ދިން އިނާމެއްގެ ގޮތުންކަމަށާއި އެކަމާއި ގުޅޭ ހެކިވެސް އެބަހުރިކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ޤަބޫލު ނުކުރިކަމަށްވެސް ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ޖަމީލު ވިދާޅުވިއެވެ.



ޖަމީލު ވިދާޅުވި ގޮތުގައި އެކި ފަރާތްތައް މެދުވެރިކޮށް ޕްރެޝަރުކުރަމުންދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީއްވެގެންތޯ ވިދާޅުވެ ޖަމީލު ވަނީ ސުވާލުކުރައްވާފައެވެ.



ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ޕްރެޝަރުކުރާ ކަމަށް ބުނި ނަމަވެސް، އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނޭކަމަށް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޙަސަން ފިކުރީ

13-Mar-2021

ޛަމީލޫ. ރައްޔިތުންނޭ ކިޔާފަ ވާހަކަ ނުދައްކާ! ތިޔައީ ރައްޔިތުން ބަލައިގަންނަ ބޭކަލެއްނޫން.



ޓްރެންޑިން