އަހުމަދު މަސްނޫމް   11 މާރިޗު 2021 - 16:34
ގެއްލިގެން ހޯދަމުންދިޔަ "ވީނަ" ދޯނި
ގެއްލިގެން ހޯދަމުންދިޔަ "ވީނަ" ދޯނި
ގެއްލިގެން ހޯދަމުންދިޔަ "ވީނަ" ދޯނި ފެނިއްޖެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫއިން ހުވަދު އަތޮޅަށް ދަތުކުރަމުންދިޔަ ދޯންޏެއްގެ ކަފު ޖަހައިގެން ދަތުކުރަމުންދިޔަ "ވީނަ" ދޯނި ގެއްލިގެން އެކަމުގެ ރިޕޯޓް ލިބުނީ ރޭ 8:15 ހާއިރުކަމަށެވެ. އަދި އެހާހިސާބުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



އެމްއެންޑީއެފުން ބުނީ ދޯނި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އެ ދޯނި ފެނުނީ އައްޑޫ ސިޓީ ހުޅަނގުން 40 ވަރަކަށް ނޯޓިކަލް މޭލު ބޭރުން މިއަދު ހެނދުނު 9:58 ހާއިރުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން