ރާއްޖެ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް އިންޑިއާގެ މަސްބޯޓާއި އޭގެ ފަޅުވެރިން ފުލުހުން ދޫކޮށްލީ ފިޝަރީޒް މިނިސްޓްރީގެ ވެސް ލަފާޔާއި އެކުގައި ކަމަށް ވިދާޅުވެ ރާއްޖޭގެ ސަރަހައްދަށް ގަވާޢިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގެން އިންޑިއާގެ މަސްބޯޓު ދޫކޮށްލި މައްސަލަ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިސްތަށުފުޅުގައި ފުލުހުން އަޅުވައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 24 ވަނަ ދުވަހު އަތުލައިގަތް ބޯޓު ދޫކޮށްލީ ފިޝަރީޒް މިނިސްޓްރީގެ ލަފައާއިއެކުކަމަށެވެ. އަދި ބޯޓު ރާއްޖެ ސަރަހައްދުން ބޭރަށް ނުރެދީފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



މިމައްސަލަ ފުލުހުން ތަހުޤީޤުކުރަމުންދާއިރު، ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ފިޝަރީޒް މިނިސްޓްރީން ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އެކަމަކު ތަހުގީގު ކުރާ މައްސަލައެއްގައި ހިމެނޭ މީހުންނާ ބޯޓު ދޫކޮށްލާފައި ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ބުނާ މިއީ ފުރަތަމަ ފަހަރެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ ސަރަޙައްދުން ހިފެހެއްޓި ބޯޓަކީ، އިންޑިއާގެ ޓަމިލްނާޑުއަށް ނިސްބަތްވާ މަސްބޯޓެކެވެ. އަދި އެބޯޓުގައި 8 މީހުން ތިބިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން