ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ސިޓީއަކަށް މިހާތަނަށް އައިރު އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ އިދާރާއިން އޭނާއަށް މިއަދު ގުޅުއްވިކަމަށާއި އަދި އިމްތިޔާޒް ކޮމިޓީއާ ގުޅޭކަމެއްގައި ސިޓީއެއް ފޮނުވާލާނެކަމަށް ބުނިކަމަށެވެ. މަލީހުގެ ވިދާޅުވީ މަޖިލީހުން އެގޮތަށް އެންގެވުމުން މަޖިލީހަށް ފޮނުއްވާފައިވާ 2 ސިޓީއަކަށް އަދިވެސް ޖަވާބު ނުލިބޭކަމަށް ދަންނަވާފައިވާނޭކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ލަސްވެގެން 3 ދުވަސް ތެރޭ ޖަވާބު ދެއްވަންޖެހޭނެކަމަށް މަލީހު ވިދާޅުވިއެވެ.
މިމަހުގެ އެއްވަނަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނަގައި މަގާމުން ބޭރުކުރި މަލީހު ގެންދަވަނީ އެދުވަހުގެ ފަހުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންނާއި އަދި މަޖިލިސް ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖަދަލު ކުރަށްވަމުންނެވެ.
އިތުބާރު ނެތްކަމަށް ފާސްކޮށް، ވަޒީރުކަމުން މަލީހު ދުރުކޮށްފައިވާއިރު، އޭނާއާ ގުޅޭ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެގޮތުން އިމްތިޔާޒް ކޮމިޓީން ބަލަމުން އަންނަނީ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ބުނެ މަޖިލީހުގައި މަލީހު ދެއްކެވި ވާހަކައާއި ގުޅޭ މައްސަލައެވެ. ނަމަވެސް މަލީހު ވިދާޅުވަނީ ޤާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގައި އޭނާ ދައްކާ ވާހަކައަކާއި ގުޅިގެން ފިޔަވަޅެއް ނޭޅޭނެކަމަށެވެ.
މަލީހު މަގާމުން ވަކި ކުރުމާއެކު ސަރުކާރަށް ފާޑުވިދާޅުވުމުގެ އިތުރުން އިދިކޮޅުގެ ހަރަކާތްތަކުގައި ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭން ޖަލްސާއެއްގައި މަލީހު ބައިވެރިވެ ވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ފާޑު ވިދާޅުވާން ފެށުމުން އޭނާވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.

Majlis idhaaraain dhemme gulhi. Sitee eh fonuvaalan kamah buni. Imthiyaz Committee aai gulhey kamegga kamah. Alhugandu dhennevin Majlis ah alhugandu vaaney 2 sitee fonuvaafa. Adhives javaabu nulibey. Dhaulathuge idhaaraa thakun lasvegen 3 dhuvas therey javaabu dhevvan jeheyne.
— Mohamed Maleeh Jamal (@maleehjamal) March 11, 2021
އިތުބާރު ނެތްކަމަށް ފާސްކޮށް، ވަޒީރުކަމުން މަލީހު ދުރުކޮށްފައިވާއިރު، އޭނާއާ ގުޅޭ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެގޮތުން އިމްތިޔާޒް ކޮމިޓީން ބަލަމުން އަންނަނީ މަޖިލީހުގެ މެމްބަރުން ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ބުނެ މަޖިލީހުގައި މަލީހު ދެއްކެވި ވާހަކައާއި ގުޅޭ މައްސަލައެވެ. ނަމަވެސް މަލީހު ވިދާޅުވަނީ ޤާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގައި އޭނާ ދައްކާ ވާހަކައަކާއި ގުޅިގެން ފިޔަވަޅެއް ނޭޅޭނެކަމަށެވެ.
މަލީހު މަގާމުން ވަކި ކުރުމާއެކު ސަރުކާރަށް ފާޑުވިދާޅުވުމުގެ އިތުރުން އިދިކޮޅުގެ ހަރަކާތްތަކުގައި ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭން ޖަލްސާއެއްގައި މަލީހު ބައިވެރިވެ ވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ފާޑު ވިދާޅުވާން ފެށުމުން އޭނާވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު