ވައުދުތައް ނުފުއްދަވާ ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުތަކަށް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު ހައިލަމް ރައްދު ދެއްވައިފިއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާނީ ވެސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްފަހުކަމަށެވެ.
ރައީސްގެ ވާހަކަތަކަށް ރައްދުދެއްވަމުން ހައިލަމް ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އޮނިގަނޑު ބަދަލުކުރުމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުން މުހިއްމުކަމަށެވެ. އަދި ބަރުލަމާނީ ހުދުމުހުތާރުކަމަކަށް ޖާގަ ނުދެއްވުމަށް ހައިލަމް ވަނީ ރައީސްއަށް އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ކޯލިޝަން މެނިފެސްޓޯގެ ދަށުން ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދައި ނުދީ، ދެވަނަ ދައުރެއްގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރަށް ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ވަޢުދުތައް ނުފުއްދަވައި ދެވަނަ ދައުރެއްގެ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުން އެވާހަކަ ޤަބޫލު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދެވަނަ ދަޢުރަށް ކުރިމަތިލެއްވުމާމާމެދު ވަކިގޮތެއް ނިންމަވާފައި ނުވާ ކަމަށާއި، ނަމަވެސް ފަސްއަހަރުން ފަސްއަހަރުން ޤައުމެއްގެ ތަރައްޤީގެ ޕްލޭން ބަދަލުވުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށެވެ. އެހެންކަމުން ފަސްއަހަރަކީ ދުރުރާސްތާގެ ޕްލޭނަކަށް އެންމެ ރަނގަޅު މުއްދަތެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިހާރަށްވުރެ ވެސް ވެރިކަމުގެ ދައުރު ކުރުކޮށް އަވަސް އަވަހަށް ވެރިން ރައްޔިތުން ގާތަށް ދާންޖެހޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު އަދި އެމަނިކުފާނު ގަބޫލުފުޅު ކުރަށްވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

@MaldivesJSC ގެ އޮނިގަނޑު ބަދަލުކުރުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުން މުހިންމު! ބަރުލަމާނީ ޚުދުމުޚްތާރުކަމަށް ޖާގަ ނުދެއްވުމަށް އިލްތިމާސްކުރަން! @ibusolih https://t.co/WTUwHay2he
— Ahmed Hailam (@AhmedHailam) March 10, 2021
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ކޯލިޝަން މެނިފެސްޓޯގެ ދަށުން ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދައި ނުދީ، ދެވަނަ ދައުރެއްގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރަށް ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ވަޢުދުތައް ނުފުއްދަވައި ދެވަނަ ދައުރެއްގެ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުން އެވާހަކަ ޤަބޫލު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދެވަނަ ދަޢުރަށް ކުރިމަތިލެއްވުމާމާމެދު ވަކިގޮތެއް ނިންމަވާފައި ނުވާ ކަމަށާއި، ނަމަވެސް ފަސްއަހަރުން ފަސްއަހަރުން ޤައުމެއްގެ ތަރައްޤީގެ ޕްލޭން ބަދަލުވުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށެވެ. އެހެންކަމުން ފަސްއަހަރަކީ ދުރުރާސްތާގެ ޕްލޭނަކަށް އެންމެ ރަނގަޅު މުއްދަތެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިހާރަށްވުރެ ވެސް ވެރިކަމުގެ ދައުރު ކުރުކޮށް އަވަސް އަވަހަށް ވެރިން ރައްޔިތުން ގާތަށް ދާންޖެހޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު އަދި އެމަނިކުފާނު ގަބޫލުފުޅު ކުރަށްވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު