އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުން ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވާފައިވާކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރު ޒަހާގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ގަރާރުގައިވަނީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާނުދޭ ކަމަށެވެ. އަދި މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް އެ ޤަރާރުގައިވެއެވެ.
ޒަހާގެ އިތުބާރުނެތްކަމަށް މަޖިލީހަށް ވައްދާފައިވާއިރު، އެކަމަނާ ނިސްބަތްވާ އެމްއާރުއެމްއިން ދަނީ ޒަހާގެ ދިފާއުގައި ވަރަށް ގިނަ ވާހަކަތައް ދައްކަމުންނެވެ.
މިމައްސަލައިގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން އަދި ވަކި ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު