ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ ހޯދަމުންދާ މީހާގެ ވީޑިއޯއެއް އާއްމުކޮށްފައެވެ. އަދި އެވީޑިއޯއިން ފެންނަ މީހާއަކީ މއ. ފިޔަޖަހާގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ޝުކުރު އަދާކުރައްވައެވެ.

ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީhttps://t.co/AKFvGejWYv pic.twitter.com/OLbS8E1iGt
— Maldives Police (@PoliceMv) March 11, 2021
ފުލުހުން ވަނީ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ޝުކުރު އަދާކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު