މިނިސްޓަރުކަމުގެ މަޤާމުން ދުރުކޮށްފައިވާ މުހައްމަދު މަލީހު ޖަމާލާއި ގުޅޭ މައްސަލައެއް ބަލަމުންދާތީ، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އޭނާ ހާޒިރުވާން އަނެއްކާވެސް އަންގައިފިއެވެ.
މަޖިލީހުން އޭނާއަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށެވެ. އަދި މަލީހު މަޖިލީހަށް ހާޒިރުކުރަނީ މިމަހުގެ 1 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންކަމަށް ސިޓީގައި ބުނެފައިވެއެވެ.
"މަނިކުފާނު ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުންދާ ކަމަށާއި، ތަކުރާރުކޮށް ސަރުކާރުގެ އެކިއެކި ވަޒީރުންނަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި ބިރުދައްކަމުންދާ ކަމަށާއި، އެގޮތުން މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިޢުފާ ދެއްވަން މަޖުބޫރު ކުރުވިކަމަށް މަނިކުފާނު ވިދާޅުވެފައިވާތީ، މިއީ، މަޖިލީހުގެ އިމްތިޔާޒަށާއި މަޖިލީހުގެ ޤަދަރަށާއި، މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދާފަދަ ޢަމަލެއްކަމުގައިވާތީ، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މަނިކުފާނާ ސުވާލުކުރެއްވުމަށް ބޭނުންފުޅުވޭ." މަޖިލީހުން މަލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.
މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މަލީހު ހާޒިރުވާން އަންގާފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ސިޓީއަކަށް މިހާތަނަށް އައިރު އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާކަމަށް މަލީހު ވަނީ މިއަދު ވިދާޅުވެފައެވެ. އަދި މަލީހު ވިދާޅުވަނީ ޤާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގައި އޭނާ ދައްކާ ވާހަކައަކާއި ގުޅިގެން ފިޔަވަޅެއް ނޭޅޭނެކަމަށެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

Submitted no confidence motion against me for what i spoke on a TV Prog. Now summons me for what i spoke at parliament floor, in clear violation of the article 90 of the constitution. Care to review democratic credentials of Speaker Nasheed @USAmbSLM @UKinMaldives @HCIMaldives pic.twitter.com/FvqtTccXKY
— Mohamed Maleeh Jamal (@maleehjamal) March 11, 2021
މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މަލީހު ހާޒިރުވާން އަންގާފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދެ ސިޓީއަކަށް މިހާތަނަށް އައިރު އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާކަމަށް މަލީހު ވަނީ މިއަދު ވިދާޅުވެފައެވެ. އަދި މަލީހު ވިދާޅުވަނީ ޤާނޫނުއަސާސީ އޮތްގޮތުން މަޖިލީހުގައި އޭނާ ދައްކާ ވާހަކައަކާއި ގުޅިގެން ފިޔަވަޅެއް ނޭޅޭނެކަމަށެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު