ނ. ލަންދޫ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ނ. ލަންދޫ އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރަމުންދަނީ އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުންނެވެ. މިމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ނ. ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިއަންނަ ހަފުތާތެރޭ ފެށޭނެކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއެކު އެމްޓީސީސީގެ ބާޖް މިހާރު ވަނީ ނ. ލަންދޫއަށް ފުރާފައިކަމަށް އެމްޓީސީސީން ބުނެއެވެ.
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ 12 އޯގަސްޓް 2020 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން 25000 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން 1280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 35.60 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީން ބުނެއެވެ.
ނ. ލަންދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ.

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިއަންނަ ހަފުތާތެރޭ ފެށޭނެ. އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއެކު އަޅުގަނޑުމެންގެ ބާރޖް މިހާރުވަނީ ނ. ލަންދޫއަށް ފުރާފައި.#MTCCProjects pic.twitter.com/AGCL2IOad4
— MTCC Plc (@MTCCPlc) March 11, 2021
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ 12 އޯގަސްޓް 2020 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ.
މި މަޝްރޫޢުގެ ދަށުން 25000 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން 1280 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 35.60 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީން ބުނެއެވެ.
ނ. ލަންދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ.
ކިޔުންތެރިންގެ ހިޔާލު