އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއީލް ހަބީބާ ގުޅޭ ފުރައްސާރައިގެ މައްސަލައެއް އެއްވެސް މުވައްޒަފަކު ކޮމިޝަނަށް ހުށަހަޅާފައިނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެތަނުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށް މީޑިއާއަކުން ރިޕޯޓް ކުރުމާއި ގުޅިގެނެވެ.
އެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަބީބާ ދެކޮޅަށް އެ މުވައްޒަފުން ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފުރައްސާރަކުރުމާއި، މުވައްޒަފުންނަށް ބިރު ދެއްކުމާއި ސިޔާސީ ފަރާތްތަކަށް ސިއްރު މައުލޫމާތުދޭކަމުގެ ތުހުމަތުވެސް ހިމެނެއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ހަބީބް ވަނީ މިތުހުމަތުތައް ދޮގުކުރައްވަފާއެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރަށްވާފައި ނޯންނާނެކަމަށް އޭނާ ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަބީބަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޮމިޝަނުގެ ކުއްލި ޖަލްސާއެއް ރޭގައި ބާއްވާފައިވާކަމަށެވެ. އަދި މިހާތަނަށް ހަބީބާ ގުޅޭގޮތުން ފުރައްސާރައިގެ މައްސަލައެއް ހުށަހެޅިފައި ނެތަސް، އެފަދަ މައްސަލައެއް އޮތްނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މުވައްޒަފުންނަށް އެންގުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސްގެ ބަޔާނުގައި އޭސީސީން ހަބީބްގެ މައްސަލައެއް ބަލަމުންދާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވީނަމަވެސް، ކޮރަޕްޝަންގެ އަމަލެއް ހަބީބް ހިންގާފައިނުވާކަން ޔަގީންވެފައިވާކަމުގައި ބަޔާނުގައިވެއެވެ.
"ކޮމިޝަންގެ ނައިބް ރައީސް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅި ކަމަށް މީޑިއާގައި ރިޕޯޓްކުރުމާއި ގުޅިގެން އެމައްސަލައިގެ ހަގީގަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން، ކޮމިޝަންގެ ނައިބް ރައީސް މި ކޮމިޝަންގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ހިންގާފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ." އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު