ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ގައިޑް ލައިނަކީ ސިޔާސީ ފަރާތްތައް ތަފާތު ކުރާ ގައިޑްލައިނަކަށްވާތީ އެޗްޕީއޭގެ އިތުބާރު ގެއްލިއްޖެކަމަށް ވިދާޅުވެ އިސްލާމު ދީނުގެ އިލްމުވެރިންކަމަށްވާ ޑރ. މުހައްމަދު އިޔާޒާއި ޝައިޚް އަލީ ޒައިދު އެޗްޕީއޭއަށް ވަރަށް ބޮޑަށް ފަޑުވިދާޅުވެއްޖެއެވެ.

މި ދެ ބޭފުޅުން އެޗްޕީއޭއަށް ފާޑުވިދާޅުވީ، ކަރަންޓީންނުވެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން ސިޔާސީ ފަރާތްތަކަށް ހަމަޖައްސައިދީ ޚާއްޞަ އުސޫލު އެކުލާވާލަދިނުމުންނެވެ. އެޗްޕީއޭއިން އިންތިޚާބުގެ ކެމްޕޭނަށް އެކުލަވާލާ އާންމުކުރި މި އުސޫލާއި ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެޗްޕީއޭއަށް ފާޑު ކިޔަމުންނެވެ، އެގޮތުން ކޮވިޑަކީ ސިޔާސީ މީހުންގެ ކިބައިން ނާރާފައި އާދައިގެ ރައްޔިތުންގެ ކިބައިން އަރާ ނުވަތަ ފެތުރޭ އެއްޗެއްތޯ ބުނެ ވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.

މިމައްސަލައިގައި އެޗްޕީއޭއަށް ފާޑުވިދާޅުވަމުން ޝައިޚް އަލީ ޒައިދު ވިދާޅުވީ އެޗްޕީއޭއަކީ މިހާރު އޭނާ އެއްވެސް ވަރަަކަށް އިތުބާރުކުރާ ތަނެއް ނޫންކަމަށެވެ. އެޗްޕީއޭގެ އަގު ވެއްޓިއްޖެކަމަށާއި، މޮޑޭ ފުށްގަނޑެކޭ އެޗްޕީއޭއެކޭ ތަފާތެއް ނެތްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ސިޔާސީ މީހުންނަށްޓަކައި އެނގި ތިބެ އެޗްޕީއޭއިން ގޯސްހައްދަވަމުން ގެންދަވާކަމަށް ޒައިދު ތުހުމަތުކުރެއްވިއެވެ.





މިމައްސަލައިގައި ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭއަކީ ސިޔާސީ ޕްރެޝަރު ހުންނަ ގޮތަކަށް ގަވާއިދުތައް ބަދަލުކުރަމުންދާ މުއައްސަސާއެއް ކަމަށެވެ. އަދި ނަމާދުގެ ސަފު ހަލާކު ކޮށްލުމުގެ ޒިންމާ ގިޔާމަތް ދުވަހުން ނަގަންޖެހޭނެކަމަށް ވެސް އިޔާޒު ވިދާޅުވިއެވެ. ޑރ. އިޔާޒާއި ޒައިދަކީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރު ކުރުމަށް ނިންމާފައިވާ ނިންމުމަށް ފާޅުގައި ފާޑުވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުން ގެންދަވާ ދެ ބޭފުޅުންނެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައްޔިތުން އާންމު ދިރިއުޅުމުގައި އާންމު ހާލަތުގައި އުޅޭ ގޮތަށް އުޅުމަށް ހުއްދަ ކޮށްފައިވާއިރު ހަމައެކަނި ނަމާދުގެ ޖަމާއަތުގައި ގައިދުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.



ސިޔާސީ ފަރާތްތަކަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ އުސޫލުގައި ކަރަންޓީންނުވެ ކެމްޕެއިނަށް ރަށްރަށަށް ދެވޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ފަސް ދުވަހަށް ފަސް މީހުންގެ ޓީމުތައް ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ ކެމްޕޭން ކުރެވޭނެއެވެ. މިއުސޫލު ބުނާ ގޮތުން އެގޮތަށް ކެމްޕޭނަށް ދެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށައަޅައިގެން ހުއްދަ ހޯދައިގެންނެވެ. އަދި މި ގޮތަށް ދާއިރު ދޮރުން ދޮރަށް ނުހިނގުނު ނަމަވެސް މީހުން އެއްކޮށްގެން ޖަލްސާއާއި ބައްދަލުވުންތައް ހާމަކަން ބޮޑު ތަންތަނުގައި ބޭއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން