ރާއްޖެއަކީ ފަގީރު ގައުމެއް ނޫންކަމަށާއި، ފަގީރީ ބައެއް ވެރިންގެ ވިސްނުންކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް އިރެއްގައި ރާއްޖެއަކީ ފަގީރު ގައުމެއް ނޫންކަމަށެވެ. އަދި ފަގީރީ ބައެއް ވެރިންގެ ދުރުވިސްނުމާއި އަމިއްލަ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގެ ވިސްނުންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބުރިޖާއި ޕޯޓާއި ޒަމާނީ ސިޓީތައް ތަރައްޤީ ކުރެވޭނީ އެކަން ވާނެކަން ގަބޫލުކޮށްގެން ކަމަށެވެ. އަދި ރައީސް ޔާމީންއާއި ރައީސް ނާސިރަކީ އެފަދަ މިސާލު ދެއްކެވި ވެރިންކަމަށް ސައީދު ވިދާޅުވިއެވެ.



ސައީދު މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ، ރާއްޖެ ދަރަނި ބޮޑުވެ، ތަރައްގީގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ބައެއް ބޭފުޅުން ތުހުމަތުކުރާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރަށް ރާއްޖެ ތަރައްޤީ ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން ނެގި ލޯނާއި ކޯވިޑްގެ ސަބަބުންކަމަށެވެ. ނަމަވެސް އިގްތިސާދު ދިރާސާކުރައްވާ އިދިކޮޅު ބޭފުޅުން ވިދާޅުވާ ގޮތުގައި މިސަރުކާރުގައި ތަރައްގީގެ އެއްވެސް ޕްލޭނެއް ވިސްނުމެއް ވެސް ނެތެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ވެރިކަމަށް 2 އަހަރުވީއިރުވެސް މާބޮޑު މަސައްކަތެއް ސަރުކާރަށް ކުރެވިފައި ނެތުންކަމަށް އެފަދަ ބޭފުޅުން ދެކެވަޑައިގަންނަވައެވެ. ނަމަވެސް ސަރުކާރުން ބުނަނީ ކުރީގެ ސަރުކާރު ތަކަށް ވުރެ ގިނަ ތަރައްގީގެ މަސައްކަތްތައް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން