އަހުމަދު މަސްނޫމް   12 މާރިޗު 2021 - 16:28
ވ.އަންބާރާ / ފޮޓޯ: ރިލްވާން ސައީދު
ވ.އަންބާރާ / ފޮޓޯ: ރިލްވާން ސައީދު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ހުއްދަ ނެތި ވ. އަންބާރާއަށް ދިޔަ ބަޔަކު ފުލުހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ހުއްދަ ނެތި ވ. އަންބާރާއަށް ދަތުރުކުރުމާއި ގުޅިގެން 95 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ދަތުރުކުރި ދޯނީގައި، ޖާގައަށް ވުރެ އިތުރަށް މީހުން ތިބިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިމައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް ފުލުހުން ހާމަކޮށްފައި ވެއެވެ. ނަމަވެސް އަންބަރާއަށް ދިޔައީ ކޮންބައެއް ކަމެއް ފުލުހުން ނުބުނެއެވެ.



އަންބާރައަށް ދިޔަ ބަޔަކު ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާއިރު، 2014 ވަނަ އަހަރު އަންބާރާގައި ޒުވާނުންތަކެއް "ޕާޓީ" ކުރުމާއި ގުޅިގެން ފުލުހުން ވަނީ އެރަށުގައި ބޮޑު އޮޕަރޭޝަނެއް ވެސް ހިންގާ، ބަޔަކު ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން