ޝައިޚް އަލީ ޒައިދު
ޝައިޚް އަލީ ޒައިދު
ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށް އެމްޑީޕީން ވާދަކުރަށްވާ ކެންޑިޑޭޓްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އެޗްޕީއޭއިން އެއްވެ އުޅުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފު މަންޒަރުތައް ފެނިފައިވާތީ މިއީ ކޮންކަމެއްތޯ ވިދާޅުވެ އިސްލާމްދީނުގެ ޢިލްމްވެރިޔާ ޝައިޚް ޒައިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުކުރު ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ފެންނަ ގައިގޯޅި ފޮޓޯއަކާއެކު ޒައިދު ކުރަށްވާފައިވާ ޓްވީޓްގައި އެޗްޕީއޭއިން ވެސް ގެންގުޅެނީ މޮޅުމީހާއަށް މޮޅުގޮތްތޯ އަދި ދެރަ މީހާއަށް ދެރަގޮތްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އެއްފަހަރާ އާންމު ތަންތަނަށް ފަސް މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ކަނޑައަޅާފައި އޮތް އިރު މިއަދު އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ޖަލްސާގެ، އާންމުކޮށްފައިވާ ފޮޓޯ ތަކުން ފެންނަނީ އެޗްޕީއޭގެ މި އުސޫލާއި ޚިލާފަށް ބައްދަލުވުން ބާއްވަމުން ދިޔަ ތަނެވެ. ޒައިދު ނޫނަސް ވަރަށް ގިނަ ބަޔަކު މީސް މީޑިއާގައި ވަނީ އެ ފޮޓޯތަކާއެކު އެޗްޕީއޭ އަށް އަމާޒުކޮށް ސުވާލު އުފައްދާފައެވެ.

"ޑިއަރ އެޗްޕީއޭ ވަޓް އިޒް ދިސް؟! މޮޅު މީހާއަށް މޮޅު ގޮތް ދެރަ މީހާއަށް ދެރަގޮތްތޯ؟ އެމްޑީޕީއެއް ކަމަކު ފަހަތުފަޔަށް ބަރުނުވެ ގަވާއިދާ ޚިލާފުވި ބަޔަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން." ޒައިދު ވިދާޅުވެފައި ވެއެވެ.



އެޗްޕީއޭގެ އެ ގަވާއިދަށް އަމަލު ނުކޮށް މަގުމައްޗަށް ނުކުމެ އެއްވުންތައް ބާއްވައި މުޒާހަރާ ކުރަމުން ގެންދާތީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިއްތިހާދުގެ މެންބަރުންނާއި އިސް ފަރާތްތައް ހައްޔަރުކޮށް ޖޫރިމަނާ ކުރަމުންދާއިރު އެމްޑީޕީން އެފަދަ އެއްވުމެއް ބޭއްވި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޮތުން އިއްޔެ މަސް ދަތުރު ދިޔަ ޒުވާނުންގެ ބަޔަކު އެޗްޕީއޭގެ ގަވާޢީދާ ޚިލާފު ވެފައި ވާ ކަމަށް ބުނެ އެމީހުންނާ މެދުވެސް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. އެ ގްރޫޕްގެ އިސް ފަރާތްތަކުން ވެސް ވަނީ އެމްޑީޕީގެ އެއްވުމުގެ ފޮޓޯތައް ހިއްސާކޮށް ސުވާލު އުފައްދައި ފާޑުކިޔާފައެވެ.

މިފާޑުކިއުންތައް އަމާޒު ވުމުން އެކަމަށް ރައްދު ދެއްވައި ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ވިދާޅުވެފައި ވަނީ އެބައްދަލުވުން ބޭއްވީ އެޗްޕީއޭއިން ހުއްދަ ނަގައިގެން ކަމަށެވެ. އޭނާ ވަނީ އެޗްޕީއޭއިން ދިން ހުއްދަވެސް ޓްވީޓް ކުރަށްވާފައެވެ. އެޓްވީޓަށް ރައްދު ދިން ގިނަ ބަޔަކު ބުނެފައިވަނީ އުސޫލާ ޚިލާފު ކަމެއް ކުރަން އެޗްޕީއޭއަށް ހުއްދަ ނުދެވޭނެ ކަމަށެވެ.




ކިޔުންތެރިންގެ ހިޔާލު


7

ޖުހާ

15-Mar-2021

ތިޔައީ ކަލޭމެން މިޔަށްވުރެ ރަނގަޅު ވެރިކަމެއް ނުދެކެމޭ ކިޔާ އުޅޭ އިބޫ ޞާލިޙުގެ "ރަނގަޅުކަން". ބަލަ އޭނާޔާ ކެނެރީގޭ ނަޝީދާ ދެމީހުން ބުނާ ގޮތެއް ނޫން ގޮތެއް އެޗް.ޕީ.އޭ އަކަށް ނުހެދޭނެ. ހަދައިފިއްޔާ މަޖިލީހަށް ގެންގޮސް އެބަޔަކު ނޮޅާލާނެ. އަދި ވަޒީފާއިންވެސް ވަކިކުރާނެ. އެމް.ޑީ.ޕީ ގައި އިސްކޮށް އުޅެނީ ވަލުޖަނަވާރުން ކަހަލަ ގޮތެއްފޮތެއް ނެތް ބައެއް. ޚާއްޞަކޮށް ކެނެރީގޭ ކަލޭގެ.



ޓްރެންޑިން