މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދު
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދު
ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެމްޑީޕީން ހިތުހުރި ގޮތެއް ހަދަމުންދާއިރު، އެޕާޓީއާ މެދު ފިޔަވަޅު އަޅަން ކެރޭނެތޯ ވިދާޅުވެ، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދު ދައުލަތުގެ މުއައްސަސާތަކަށް ސުވާލެއް ކުރިމަތިކުރުވައިފިއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ، އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ބޭއްވުމަށް ފުރުޞަތު ނުދީ، ވެރިކަންކުރާ އެމްޑީޕީއަށް އުސޫލުތަކުގެ ބޭރުން ސިޔާސީ ހަރަކާތް ހިންގަން ފުރުޞަތު ދޭކަމަށްބުނެ އާއްމުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އިއްޔެ ހަވީރު ހުޅުމާލޭގައި ގައިދުރުކަމެއް ނެތި އެމްޑީޕީން ބޭއްވި އެއްވުމަށްވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.



އެމްޑީޕީން ބޭއްވި އެއްވުމަށް އިޝާރާތްކުރައްވައި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ، އެމްޕީ ސައީދު ވިދާޅުވީ އެޗްޕީއޭއިން އެއްވެސް ފަރާތެއްގެ ހައްޤަކަށް އިޚްތިރާމްނުކުރާކަމަށެވެ. އަދި އެޗްޕީއޭއަށް ފެންނަނީ ރައީސް ނަޝީދާއި ރައީސް ޞާލިހު އެކަނިކަމަށް ސައީދު ވިދާޅުވިއެވެ. އަދި ގައިދުރުކަމެއް ނެތި އެމްޑީޕީން ބޭއްވި ހަރަކާތާއި ގުޅިގެން އެޕާޓީއަށް ފިޔަވަޅު އަޅަން ކެރޭނެތޯ ސައީދު ވަނީ ސުވާލުކުރައްވާފައެވެ.

"އެއްވެސް ހައްޤަކަށް ބެލުމެއް ނެތި، އެޗްޕީއޭއަށް ހަމައެކަނި މި ފެންނަނީ ރައީސް ނަޝީދާއި ރައީސް ޞާލިހު. މިފޮޓޯގައި ގައިދުރުކަން މިވަނީ އެޗްޕީއޭއިން ހުއްދަދިން ގޮތަށްތޯ؟ ޖޫރިމަނާކުރަން ކެރޭނެތޯ؟" އެމްޑީޕީން ބޭއްވި އެއްވުމުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ސަޢީދު ވިދާޅުވިއެވެ.



އެމްޑީޕީން އިއްޔެ ހުޅުމާލޭގައި ބޭއްވި ހަރަކާތާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު، އެމްޑީޕީން ބުނީ އެއީ އެޗްޕީއޭއިން ހުއްދަ ދީގެން ބޭއްވި ހަރަކާތެއްކަމަށެވެ. ނަމަވެސް އެމްޑީޕީން ބޭއްވި އެއްވުމުގައި ގައިދުރުކަމެއް ނެތްއިރު، ގިނަ މީހުން ތިބީ މާސްކުވެސް ނާޅައިކަން ހާމަކޮށް އާންމުން މީސް މީޑިއާގައި ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައި ވެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފަށް އެމްޑީޕީން ބައްދަލުވުމެއް ބާއްވައިގެން އިދިކޮޅުން ފާޑުކިޔަމުންދާއިރު އިދިކޮޅު އިއްތިހާދުން ކޮންމެ ހުކުރު ދުވަކު އަންނަނީ މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވަމުންނެވެ. މިއެއްވުން ތައް ބާއްވަމުން ދަނީ އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅުގެ މި ހަރަކާތުގެ ބޭނުމަކީ ބަލިފެތުރުން ކަމުގައި އެމީހުން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

މާމަ

15-Mar-2021

ނުކެރޭނެ ތިކަމުގެ ޔަގީންކަން މަށަށްވެސް އެބަ އޮތް ރަނގަޅަށް ހަމަ ފިޔަވަޅު އަޅަިފިނަމަ އެމްއެމްޕީއާރުސީ މައްސަލަިގަ ސަޢީދުވެސް އޮންނަން ޖެހޭނީ ޖަލުގަ



ޓްރެންޑިން