ޑރ. މުހައްމަދު އިޔާޒު
ޑރ. މުހައްމަދު އިޔާޒު
ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ ޖަމާޢަތަށްދާވެސް ބައެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒުގެ މިވާހަކަފުޅު ރައްދުވަނީ ސީދާ ކޮން ބޭފުޅަކަށްކަން ނޭނގުނަސް، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ދަނީ ގައިދުރުކޮށް ނަމާދުކުރުމަށް ތާޢީދުކޮށް ވާހަކަފުޅުދައްކަވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ހިމެނިވަޑައިގަންނަވައެވެ.

ގައިދުރުކޮށް ނަމާދުކުރުމަށް ތާއީދުކޮށް ރައީސް މައުމޫން ވާހަކަފުޅުދައްކަވާފައިވާއިރު، ޑރ. އިޔާޒު ވިދާޅުވީ ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށްދާވެސް ބައެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅުން ޖަމާޢަތުގައި ނަމާދުކުރުމާއި މެދު ގޮތްފާޑު ކިޔަނީ ކީއްވެތޯ އިޔާޒު ސުވާލުކުރައްވާފައިވެއެވެ.



ގައިދުރުކޮށް ނަމާދުކުރުމަށް ތާއީދުކުރަަށްވައި ޑރ. އިޔާޒު ވާހަކަ ދައްކަވަމުންދާއިރު، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. ނަމަވެސް މިސްކިތްތަކުގައި ޖަމާއާތުގައި ނަމާދުކުރާ މީހުންގެ ތެރެއިން މިއުސޫލަށް ތަބާވަނީ ވަރަށް މަދު ބައެކެވެ. އަދި އިލްމުވެރިންގެ ތެރެއިންވެސް ގިނަ ބޭފުޅުން މިކަމަށް ތާޢީދުނުކުރަށްވާކަން ފާހަގަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން